އޭސީސީގެ އާ ރައީސްް އަކީ މުއައްވިޒު

ފޮޓޯ މިހާރު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަނޑައަޅައިިފިއެވެ.

މިގޮތަށް ކަނޑައެޅުނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގާ ނެގުނު ވޯޓަކުންނެވެ. ހުރިހާ މެމްބަރުންވެސް ވޯޓު ދިނީ މުއައްވިޒު އެ މަަގާމަށްް އިންތިިހާބު ކުރަަން ފެންނަކަމަށެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިވެފައިވަނީ އަމިއްލައަށް އެކަމަށް އެދިލައްވާ އިސްތިއުފާގެ ސިޓީ  ފޮނުއްވުމުންނެވެ. ލުތުފީ ދެ ފަހަރަށް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުވިއެވެ.

ފުރަތަމަ ސިޓީ ފޮނުއްވީ، ސޮއި ނުކޮށެވެ. ދެވަނަ ފަހަރަށް ސިޓީ ފޮނުއްވީ ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު