މުޅި ބ އަތޮޅު ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ނުކުމެއްޖެ

މުޅި ބ އަތޮޅު ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ނުކުމެއްޖެއެވެ.

މިގޮތުން ބ. އަތޮޅުގައި ސިންގަލް ޔޫސް ނުވަތަ އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކްގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ، ޕްލާސްޓިކް ފުޅި، ކޮތަޅު އަދި ހޮޅި ބ. އަތޮޅުގަ މަނާކުރުމަށް ގޮވާލާ، ބ. އަތޮޅު ހުރިހާ ރަށެއްގެ ރަށު ކައުންސިލަރުންނާ، ހުރިހާ ރިސޯޓު ތަކާ އެ އަތޮޅު ތަމްސީލުކުރާ 3 މަޖިލިސް މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެޑްރެސް ކޮށްފައިވާ އޯޕަންލެޓާއެއްގައި ސޮއިކޮށްފައެވެ.

"އެ ތަނެއްގެ ރީތިކަމާއި ހިތްގައިމުކަމަށް ނަން މަޝްހޫރު އިންޑޮނޭޝިޔާގެ ބަލީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ފަދައިން ދުނިޔެ މަތީގެ މި ސުވަރުގެ ވެސް ޕްލާސްޓިކް ގެ ސަބަބުން ގެއްލިދާނެކަމުގެ ބިރު އެބައޮތް،" ސިޓޓީގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އަތިރިމަތިން ދޮންވެއްޔާ ސާފު މޫދާ އެކު ޕްލާސްޓިކުގެ ކުނި ފެންނަކަމަށް އެ ސިޓގައި ބުނެފައިވެއެވެ.

މިހެންކަމުން މުޅި ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން އެ ސިޓީގަ އެދުފައިވެއެވެ.

ވެރިރަށް މާލޭގައި ދުވާލެއްގެ މައްޗަށް 280000 ޕްލާސްޓިކް ފުޅި ބޭނުންކުރެއެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 104 މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެެކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު