ނިކީ މިނާޖް ސައޫދީ އަރަބިއްޔާ ގައި ޝޯއެއް ދެނީ

މަޝްހޫރު ރެޕް ލަވަކިޔުންތެރިއާ ނިކީ މިނާޖް ސައޫދީ އަރަބިއްޔާ ގެ ޖިއްދާ ގައި ޝޯއެއް ދޭން ނިންމައިފިއެވެ.

ނިކީ މިނާޖް ޕާފޯމް ކުރުމަށް ނިންމާފައި ވަނީ މިމަހު 17 ވަނަ ދުވަހު އޮންނަ ޖިއްދާ ފެސްޓިވަލްގައެވެ.

މި ފެސްޓިވަލް އަކީ ކޮންމެ އަހަރަކު ވެސް އޮންނަ ފެސްޓިވަލް އެކެވެ. ނަމަވެސް މިއީ ނިކީ ފަދަ މަޝްހޫރު ލަވަކިއުންތެރިއެއް އެ ފެސްޓިވަލުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ސައޫދީ ސަރުކާރުން ގެންދަނީ އެ ގައުމުގަ ޒަމާން ތަކެއް ވަންދެން އޮތް ދީނީ ހައްދުފަހަނަ އަޅާ ދިއުން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސައޫދީ ގެ ހުރިހާ ބާރެއް ރަމްޒީ ކޮށް މިހާރު ތަމްސީލު ކުރައްވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ވަލީއަހުދު ވަނީ ސައޫދީ ގައި ސިނަމާތައްް ވެސް ހުޅުވާ އަންހެނުންނަށް  ކާރު ދުއްވުމާ ސިޔާސީ މަގާމު އަދާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަޒާ

    މިއަށްވުރެ ތާހިރު ފޮޓޯއެއް ނުލިބުނީތަ..؟؟؟