އެސްޓީއޯގެ ގިނަ ބޭސްފިހާރަތައް ހިންގަނީ ގެއްލުމުގަ

އެސްޓީއޯގެ ގިނަ ބޭސްފިހާރަތައް ހިންގަނީ ގެއްލުމުގަ ކަމަށް އެ ކުންފުނީގެ އެމްޑީ ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑު އެންޓަޕްރައިޒަސް ކޮމިޓީ އަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު މުހައްމަދާއި ޗެެއާމަން ހާމިދު ނަޝީދު މުހައްމަދު އިއްޔެ ހާޒިރުކޮށް، ކޮމިޓީގެ މެމްބަރުން ވަނީ ސުވާލުކުރައްވާފަ އެވެ.

އަމްރު ވިދާޅުވީ  ބޭސް ފިހާރަތަކަށް ހިނގާ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވީ ކުރީ ސަރުކާރުން ނެވެ.

ބޭނުން ނުވާ ބޭސްތަކެއް އުސޫލާހިލާ ފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލައެއް ގެ މައުލޫމާތު ވެސް އަމްރު ވަނީ ކޮމެޓީގަ ހާމަކުރައްވާފައެވެ. 

ރާއްޖެއިން ބޭނުން ނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލައެއް މިހާރު ބަލަމުންދާ އެސްޓީއޯގެ އެމްޑީ ހާމަކުރެއްވިއެވެ.

އެސްޓީއޯ އިން، ހާމަކުރާގޮތުން ބޭސް އެތެރެ ކުރުމުގެ އުސޫލުތަކަށާއި ބޭސް ދިނުމުގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު