އިނގިރޭސި ވިލާތުން ހޮންކޮންގެ މައްސަލާގައި ބަސް ބުނުމުން ޗައިނާއިން ރައްދު ދީފި.

އިނގިރޭސި ވިލާތުގެ ފޮރިން ސެކެޓަރީ ޖާރމީ ހަންޓް އިއްޔެގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދަށްކަވަމުން ބުނެފައިވަނީ އިނގިރޭސި-ޗައިނާ ގުޅިގެން 1984ގައި އެއްބަސްވެފައިވާ އެއްބަސްވުމަކީ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްބަސް ވުމެއްކަމަށާއި މިއެބަސްވުމަށް ޗައިނާއިން އިޙުތިރާމު ކުރަންޖެހޭނެ ކަމަށެވެ.

ޗައިނާއިން މި އެއްބަސް ވުމަށް ކަނު ލޮލެއް ދޭ ކަމުގައި ވާނަމަ ނަތީޖާ ރަނަގަޅު ނުވާނެ ކަމަށެވެ.

ހަންޓު މިހެން ބުނެފައިމިވަނީ، ހޮންކޮންގައި 1977 ފެށިގެން އަބަދުވެސް މުޒާހަރާ ކުރަމުންދާ ސިޔާސީ މައްސަލާގައި މުޒާހަރާ ހޫނު ނުވާވަރަށް މިހަފްތާގައި މިމުޒާހަރާ ހޫނުވުމުގެ ސަބަބުންނެވެ. ހޮންކޮންގެ މުޒާހަރާގެ ބައިވެރިން ވަނީ މިހަފްތާގައި އެގައުމުގެ މަޖުލީސް އިދާރާޔަށް ވަދެ އެތަނަށް ބޮޑެތި ގެލުންތަކެއްދީފައެވެ.

ހަނޓްގެ ވާހަކަޔަށް ރައްދުދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ގެންގް ޝުއަންގް ނެރުނު ސްޓޭޓްމެންޓުގައި ބުނެފައިވަނީ ހަންޓްގެ އަދިވެސް ހުރީ ކުރީޒަމާނުގެ ކޮލޯނިއަލް ވިސްނުން ކަމަށާއި ޒަމާން އޮތީ ބަދަލުވެފައި، އެހެން ކަމުން ހަންޓް ނިދިން ހޭލަން ޖެހޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޭނުމަކީ ހޮން ކޮންގެ މައްސަލަހަތު އެގައުމުގައި ގޯސްކުރުން ކަމަށާ މިކަމުން ދޭ ހަވަނީ އިނގިރޭސިވިލާތުން ހޮންކޮންގާ ދޭތެރޭ ދެކެނީ ރަހުމުކުޑަ ގޮތަކަށް ކަމަށެވެ.

އަދި އިތުރަށް ބުނެފައި ވަނީ އިނގިރޭސި ވިލާތުން މި ކަމުގެ ތެރެޔަށް ނުވަނުމަށެވެ، އަދި ހާއްސަކޮއް ހަންޓް މިކަމާ ބަސްނުބުނުމަށެވެ. މާބޮޑަށް ޔަގީންކަން ބޮޑުވެ ފައިދާވާ ގޮތަށް ހޮންކޮންގެ މައްސްލަތެރެއަށް ވަނުމުން އާޚިރަތުގައި ލިބޭނީ ގެއްލުން ކަމަށެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި މިއީ ޤައުމު އެތެރޭގެ މައްސަލައެއް ކަމަށާއި އެހެން ކަމުން ހުރިހާ ފަރާތަކުން މިކަމަށް ބަސް ބުނުން ހުއްޓާލަންޖެހޭ ކަމަށެވެ.

ކޮލޯނިއަލް ޒަމާނުގައިވެސް ހޮންކޮންގައި ޑިމޮކުރެސީއެއް ނޮއްނާނެ ކަމަށް ގެންގް ބުނެފައިވެއެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު