ރާހުލް ގާންދީގެ އިސްތިއުފާ އަނބުރާ ގެންދިއުމަށް ކޮންގްރެސް ޕާޓީން ގޮވާލައިފި

ކޮންގްރެސް ޕާޓީގެ މާލިމީ ކަންތަކާ ބެހޭ އިސްވެރިއާ އަހުމަދު ޕަޓޭލް އަދި ރަޖަސްތާން ޗީފް މިނިސްޓަރ އެ ޕާޓީގެ މެމްބަރުންނާ ގުޅިގެން ރާހުލް ގާންދީގެ އިސްތިއުފާ އަނބުރާ ގެންދިއުމަށާ އަލުން މަގާމަށް އައުމަށް ގޮވާލާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ރާހުލް ގާނދީގެ އިސްތިއުފާއި ގުޅިގެން އެގައުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސުލްހަވެރި މުޒާހަރާއެއްވެސް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.

ރާހުލް ގާންދީގެ އިތުރުން ވެސް އެ ޕާޓީގެ ބައެއް އިސް މެމްބަރުން މިއަދު އިސްތިއުފާ ދީފައިވާކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ. ނަމަވެސް އެކަން އެ ޕާޓީން އަދި ކަށަވަރެއް ނުކޮށްދެއެވެ.

ކޮންގްރެސް ޕާޓީ ނުވަތަ މިހާރު އެގައުމުގެ އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީ ރައީސް ކަމުން އިސްތިއުފާ ދީފިކަމަށް ވިދާޅުވެ ރާހުލް ވަނީ އެވާގަކަ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ރާހުލް ގާންދީ ވިދާޅުވެފައިވަނީ އިސްތިއުފާ ދޭންޖެހުނު ސަބަބަކީ ޕާޓީ ކުރިއެރުމުގައި ޒިއްމާ ފުރިހަމައަށް އަދާ ނުކުރެވޭތީއެވެ.

ކޮނގްރެސް ޕާޓީގެ ރައީސް ކަމަށް ރާހުލް ގާންދީ އިންތިހާބުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އިންޑިއާގައި އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި އެގައުމުގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދާ މޯޑީގެ ބީޖޭޕީ އާއި ވާދަކޮށް ކޮންގްރެސް ޕާޓީން ވަނީ ވަރަށް ބޮޑުތަކުން ބަލިވެފައެވެ.

ބީޖޭޕީން 303 ގޮނޑި ކާމިޔާބު ކުރިއިރު އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 52 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު