މަތިންދާ ބޯޓުގެ ލޭންޑިން ގިއާގައި ފިލާއޮތް މީހަކު ވެއްޓި މަރުވެއްޖެ

'ކެންޔާ އެއާވޭސް' ގެ މަތިންދާ ބޯޓެއްގައި ފިލާ އޮތް މީހަކު ބޯޓު ދުއްވާފައި ދަނިކޮށް ވެއްޓި މަރުވެއްޖެއެވެ.

އިއްޔެ ހިނގި މިހާދިސާ ހިނގާފައިވާ ބޯޓު ހުޅަނދު ލަންޑަން މަތިން ދުއްވާފައިދަނިކޮށެވެ.

ބެލޭ ވެގޮތުގައި އެނާ މަސައްކަތް ކުރީ ވަގަށް ލަންޑަނަށް ވަންނާށެވެ.

އެމީހާ ވެއްޓުނީ ލަންޑަނު މީހަކު އޭނަގެ ބަގީޗާގައި އޮއްވައެވެ.

"ނަސީބެއް އޭނާ ވެއްޓިގެން އިތުުރު މީހަކު މަރު ނުވިކަން. އެމީހާ ވެއްޓުނީ އަހަރެންގެ އަވަށްޓެރިއެއް ސަން ބާތް ކުރަން އޮއްވާ އޭނާގެ ބަގީޗާއަށް،" އަލް ޖަޒީރާއަށް އިންޓަވިއުދިން ލަންޑަން މީހަކު ބުންޏެެވެ.

ލަންޑަން ފުލުހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހާ ބޯޓުގެ ލޭންޑިން ގިއާ ނުވަތަ ފްރޮޅު އޮންނަ ޖާގައަށް ވަދެ ފިލާފައި ވަނީ ކެންޏާގައި އެ ފްލައިޓް އޮއްވައިކަމަށެވެ. އަދި އޭނާ ވެއްޓިފައިވަނީ އެތައް ސަތޭކަ ކިލޯމީޓަރެއް މަަތިން ފްލައިޓް ދުއްވާފައި ދަނިކޮށް ކަމަށެވެ.

ބެލެވޭ ގޮތުގައި އޭނާ ވެއްޓުނީ މަތިންދާ ބޯޓުގެ ފުރޮޅު ތިރިކުރަންް ފެށުމުންނެވެ.

ލަންޑަން ފުލުހުން ފަހުން ތަހުގީގު ކުރިއިރު، އޭނާ އޮތް ތަނުން ފެނާ ބައެއްް ކާބޯތަކެތި ވަނީ ފެނިފައެވެ. މި މައްސަލަ 'ކެންޔާ އެއާއިން' ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ލަންޑަނުގައި ހިނގާފައިވެއެވެ. އެގޮތުން ފިލައިގެން ލަންޑަނަށް ވަންނަންް މަސައްކަތް ކުރި ދެ މީހަކު މަތިންދާބޯޓުން މީގެ ކުރިން ވެސް ވެއްޓިފައިވެއެވެ.  އެތަނުން އެކަކު މަރުވެފައިވާއިރު، ދެވަނަ މީހާ ފެނިފައިވަނީ ސީރިއަށް އަނިޔާތަކެއް ލިބިފައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު