ޖަޕާނަށް މޫސުން ގޯސްވެ މިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން އެދިއްޖެ

ޖަޕާނުގެ ދެކުނު ސަރަހައަދުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑުތަށް ކަނޑާގެންދާތީ ޖަޕާނުގެ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ މިހުން ސަލާމަތީ ސަރަހައްދުތަކަށް ދިޔުމަށް އެގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އެބް ވަނީ އެދިލައްވައިފިއެވެ.

އެ ސަރަހައްދުތަކުގައި މިލިއަނިއަކަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

ޖަޕާނުގެ ކަގޮޝިމާގައި ދިރިއުޅޭ 800,000 ރައްޔިތުން އަދި އަވަޓެރި މިޔަޒާކީއިން 310,000 ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް އެގައުމުގެ ސަރުކާރުން ވަނީ އެދިފައެވެ.

މި ކަމަށް ޙާއްސް ސަމާލުކަމެއް ދީ، އަޅަންޖެހޭ ފިޔަވަޅު އަޅައި ދިމާވެދާނެ ކާރިސާތަކަށް ވަގުތުން އެހީ ފޯރުކޮއްދިނުމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ ވަޒީރުންގެ މަޖިލީހަށް އަންގަވާފައެވެ.

މި ވިއްސާރާގައި ޖަޕާނުގެ ދެކުނު ކިޔޫޝޫ އަށް އެކަނި މިދިޔަ ހުކުރުދުވަހުން ފެށިގެންވަނީ 1000 މިލިމީޓަރަށް ވާރޭވެހިފައެވެ.

ޖަޕާނުގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބުރާސްފަތި ދުވަހު ވާރޭވެހޭ މިންގަނޑު 350 މިލިމީޓަރަށް އިތުރުވެގެންދާނެ ކަމަށެވެ. އެ ގައުމުގެ ދެކުނުގަ އޮންނަ ކިޔޯޝީ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާވާ ކުރެވޭކަމަށާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އާމުންގެ ރައްކަލަށް ނުރައްކާ އެބައޮތް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޖޭ.އެން.ޓީ.އޯ ( ޖަޕާން ނެޝަނަލް ޓުއަރިޒަމް އޮގަނައިޒޭޝަން) ނެރެފައިވާ ބަޔާނުގައި ވަނީ ފަތުރުވެރިން މޫސުމަށް ސަމާލުވުމަށާ މޫސުމުގެ ސަބަބުން ދިމާވެދާނެ ކާރިސާއަކަށް ތައްޔާރުވެގެން ތިބުމަށް އެދިފައެވެ. އަދި މޫސުމުގެ ސަބަބުން މަތިންދާ ބޯޓް، ރޭލު އަދި ދަތުރުކުމަށް ބޭނުން ކުރާ މަގުތަކަށް ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭކަމަށެވެ. އަދި ޖަޕާނުގެ ކިޔޫޝޫގައި މިހާރު ވެސް ހިދުމައްތައް މެދުކެޑިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު