މި ސަރުކާރުން އަޅާ ފްލެޓްތަކުގެ އެޕާޓުމަންްޓުތައްް ދެގުނަ ބޮޑު އަދި އަގުވެސް ހެޔޮ

'ފަހިހިޔާ' އެޕާޓްމަންޓެއްގަ 900 އަކަފޫޓު، އެޕާޓްމަަންޓެއް އިންޓަރެސްޓާއެކު މަހަކު 6000 ރުފިޔާއަށް ލިބެނޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އެޅުއްވި "ހިޔާ" މަޝްރޫގެ ފްލެޓްތަކުގެ އެޕާޓް މަންޓަށްވުރެ 450 އަކަ ފޫޓު ބޮޑެތި ފްލެޓްތަކެކެވެ.

އެ ކުންފުންޏަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކަރުން ރައްޔިތުންނަށް ބޯހިޔަވަހިކަން ފޯރުކޮށްދިނުމަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ ހައުސިން މިނިސްޓްރީގެ ޕޮލިސީ ތަންފީޒު ކުރުމަށް އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން މިހާރުވެސް ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި 5000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެއެވެ.

 

ހިޔާ މަޝްރޫގެ އެޕާޓު މަންޓުތައް ކުދި އަގު ވެސް ބޮޑުވުން އެކަށީގެންވޭ: 

ހައުސިން މިނިސްޓްރީން މި މައުލޫމާތު ހިއްސާ ކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔަމިން ހިންގެވި "ހިޔާ" ފްލެޓްތަކުގެ ސައިޒު ކުޑަކަމުގެ ޝަކުވާ އެތައް ބަޔަކު އަންނަނީ ކުރަމުންނެވެ.

"ހިޔާ" މަޝްރޫގެ އެޕާޓުމަންޓެއްގައި ހުންނަނީ 550 އަކަ ފޫޓެވެ. އަދި އެ ޕާޓުމަންޓުތައް އެއްކޮށް ނިންމުމަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ވަނީ ހޯދާފައެވެ. އެހެން ކަަމުން އެޕާޓު މަންޓެއްގެ އަގު މަހެއްގެ މައްޗަށް 11،000 ރުފިޔާއަށް އެރުން ވެސް އެކަށީގެންވާކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް އެތަަންތަނުގެ އަގު ކަނޑައަޅާނީ ސަރުކާރާ މަޝްވަރާކޮށްގެން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ އެޕާޓުމަންޓެއްގައި 550 އަކަ ފޫޓު ހުންނަކަމަށެވެ. އަދި އެޕާޓު މަންޓެއްގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

"މާނައަކީ މަހެއްގެ މައްޗަށް 11،000 ރުފިޔާ އެބަޖެހޭ ކުލީގެ ގޮތުގަ. އެހެން ނަމަވެސް ކުއްޔާ ގުޅޭގޮތުން މި އަންނަނީ މަޝްވަރާ ކުރަަމުން،" އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ 25 ބުރީގެ ކޮންމެ އިމާރާތެއްގައި 450 ފްެލެޓް ހިމެނޭ ކަމަށެވެ.

ހިޔާ މަޝްރޫގެ ދަށުން އަޅާނީ 7،000 ފުލެޓު ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރުނު ނަމަވެސް، އަޅަމުން އަންނަނީ 6860 ފްލެޓް ކަމަށް އެޗްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މުހައްމަދު

    Million rufiyaa viyya mahakah bahaaleema ަaharun ަ jeheyneެ 5300.. 11000 ަިaigotew dhakka Balަ qh