ބާ ކައުންސިލްގެ ރައީސް: ހުސްނުއްސޫދާ ވާދަ ކުރައްވަނީ މައުމޫން ހަމީދު

ބާކައުންސިލްގެ ރައީސް ކަމަށް ހުސްނުއްސޫއޫދު އާ ވާދަ ކުރައްވަން މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ނިންމަަވައިފިއެވެ.

މިމަހު 13 ވަނަ ދުވަހު ބާއްވާ ބާ ކައުންސިލްގެ ރައީސް ކަމަށް މަޝްހޫރު ގާނޫނި ވަކީލު މައުމޫން ހާމީދު ވާދަކުރައްވާނެކަމަށް ނިންމަވާފައިވަނީ ހުސްނުއްސޫދު އެ މަގާމަށް ވާދަ ކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވަނިކޮށެވެ.

މައުމޫންް ހަމީދަށް ކުރީގެ ރައީސް މައުމޫނު ވެސް ތާއީދު ކުރައްވަައެވެ.

މައުމޫނު ހަމީދު ވާދަ ކުރައްވާ  ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫދަކީ  ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގެއްލުވާލާ ފައިވާމީހުންނާ، މަރާލާފައިވާ މީހުންގެެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ކަންވެސް ކުރައްވާ ބޭފުޅެކެވެ.

މިކަމުގައި ސަރުކާރަށް ތާއީދު ކުރާ މިހުން ހުސްނުއް ސުއޫދަށް ސަޕޯޓުކޮށް މަރުހަބާ ކިޔަމުން ދާއިރު، ރައީސް މައުމޫނުގެ ސަޕޯޓަރުން ތާއީދު ކުރަނީ މައުމޫން ހަމީދަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭނެ ގާނޫނީ ވަކީލުންގެ ލިސްޓު ރޭ އިލެކްޝަންސް ކޮމިޝަން، އީސީ އިން ވަނީ އާންމު ކޮށްފަައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ރޭ ހުޅުވާލިއެވެ.

ބާ ކައުންސިލް އުފެދުނީ ސަރުކާރުުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ހުށަހެޅި، ގާނޫނީ ފަންނުގެ ބިލް ފާސްކޮށް ރަައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު