ބްރެޒިލް އަތުން އާޖެންޓީނާ ބަލިވީ ރެފްރީންގެ ސަބަބުން - މެސީ

ރޭގެ މެޗްގެތެރެއިން މެސީ އޮފިޝަލުންނާއި ވާހަކަ ދައްކަނީ

ކޮޕާ އެމެރިކާ 2019 ،ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އާޖެންޓީނާއި ބްރެޒިލް ވާދަ ކޮށް 2-0 ބްރެޒިލްވަނީ ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ރޭގަ ކުޅުނު މިމެޗްގައި ބްރެޒިލްއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފުގެ 19މިނިޓްގައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސްއެވެ. ދަވަނަ ލަނޑު ބްރެޒިލްއަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގެ 71 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ އެވެ.

މެޗް ނިމުމަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނފައިވަނީ ބްރެޒިލަކީ އާޖެންޓީނާއަށް ވުރެ މޮޅު ޓީމެއް ނޫން ކަމަށެވެ. މި މެޗުން ބްރެޒިލް މޮޅުވީ މެޗްގެ އޮފިޝަލުންނާއި ރެފްރީންގެ ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށާއި އަދި ބްރެޒިލް ކާމިޔާބު ކުރި ދެވަނަ ލަނޑު އެއީ ޕެނަލްޓީ އެއްކަމަށެވެ. ނަމަވެސް ވީ.އޭ.އާރު އޮފިޝަލުން ނުބަލާ އެ ޕެނަލްޓީވެސް ދިފައިނުވާ ކަމަށް މެސީ ބުފައިވެއެވެ.

މިމެޗްގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އާޖެންޓީނާއިން ވަނީ ބްރެޒިލްގެ ގޯލަށް ގިނަ ހަމަލާތަކެއް ދީފައެވެ. މި ސެމީފައިނަލް ވެގެންދިޔައީ ދެ ޓީމުންވެސް ގިނަ އަދަދަކަށް ފައުލްކޮށް ކާޑު ހޯދި މެޗަކަށެވެ. މި ގޮތުން އާޖެންޓީނާއިން 19 ފައުލް ކޮއްފައިވާއިރު ބްރެޒިލްއިން ވަނީ 12 ފައުލްކޮއްފައެވެ. ބްރެޒިލް އިން 2 ރީނދޫ ކާޑު ހޯދާފައިވާ އިރު އާޖެންޓީނާއިން 5 ރީނދޫ ކާޑު ހޯދާފައިވެއެވެ. މި ނަތީޖާގެ ސަބަބުން އާޖެންޓީނާ ވަނީ 2019 ކޮޕާ އެމެރިކާއިން ކަޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު