އިންޑިއާގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިސްތިގުލާލެއް ނުގެއްލޭނޭ: ދައުލަތް

އިންޑިއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިސްތިގުލާލެއް ނުގެއްލޭނޭކަމު އެޓާނީ ޖެނެރަލް، އޭޖީ އޮފީހުން ހާމަކޮށްފިއެވެ.

ހާރިޖީ އަދި ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން އޭޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ، މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްތިގުލާލު އަދި މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް ނެތްކަަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބޯލަނބަން ޖެހޭނެކަމަށް، އެ އެއްބަސް ވުމުގައި ލިޔެފައިވާކަމަށް އެ އޮފީހުގެ އޮފިޝަލު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލްވެސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި އެއްވެސް ގާނޫނެއް ހެދުމަށް އެއްބަސްވުމުގެ ސަބަބުން ހުރަސް ނޭޅޭނެކަމަށެވެ.

މި އެއްބަަސް ވުމަކީ އިންޑިއާގެ ފަންނީ އެހިތެރިކަން ޓެރަރިޒާމައި، މަނީ ލޯންޑަރިން ފަދަ ކަންކަކަމުގައި ހޯދުމަށް ދެ ސަރުކާރު ދެމެދުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން ސޮއިކުރި އެއްބަސްވުމެވެ. އަދި ދެގައުމުގެ ކޯޓުން ކުރާ ހުކުމްތަކަށް އެއްގައުމުން އަނެއް ގައުމަށް އިހުތިރާމް ކުރުން ފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނެއެވެ.

"މި އެއްބަސް ވުމުގެ ސަބަބުން އެއް ގައުމުން ހިފަހައްޓާ މީހުން އަނެއް ގައުމަށް ފޮނުވުމަށް އެއްބަސްވުމާ. މިދޭތެރެއިން މިދިޔައީ ނޫންތޯ ބޭފުޅެއް ބޭސް ފަރުވާއަށް [އަދީބު]ފަދަ ބޭފުޅުން. ކޮމެޓީގެ މުގައްރިރު މި އެއްބަސްވުން ހުށަހެޅުއްވި ދުވަހު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއާއި އޭޓާނީ ޖެނެރަލް ރުހުން ދޭން ނިންމާފައިވާ އެއްބަސްވުމެއްކަމަށް ކޮމެޓީގެ މުގައްރިރު އެ ކޮމެޓީއަށް ރިޕޯޓު ހުށަހަޅުއްވަމުން ވެސް ވިދާޅުވިއެވެ.

ބޮޑެތި ޖިނާއީ ކުށްތަކެއްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވީ އިންޑިއާގައި ބޭސް ފަރުވާއަށް ވަޑައިގެންނެވެ. އަދީބު ޖޫން މަހުގެ 26 ގައި އެނބުރި ރާއްޖެ ގެންނާނެކަމަށް ހޯމް މިނިސްޓްރީން ބުނި ނަމަވެސް، އަދީބުގެ ބޭސް ފަރުވާއަށް އިތުރު ވަގުތު ބޭނުންވާތީ ކަރެކްޝަނުން ވަަނީ އިތުރު 10 ދުވަސް ދީފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްތިގުލަލު ގެއްލިދާނެތޯއާ މި އެއްބަސް ވުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ގާނޫނެއް ހަދަން ހުރަސްއެޅިދާނެތޯ ޖުމްހޫރީ ޕާޓީގެ ލީޑަރާއި، ޕީއެންސީ، ޕީޕީއެމް އަދި އަމިއްލަ މެމްބަރުން ސުވާލު އުފެއްދެވިއެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން އަދި އޭޖީ އޮފީހުން ވަނީ އެފަދަ ކަމެއް ނިހިނގާނެކަމުގެ ޔަގީންކަން ދީފައެވެ.

އެއްވަސްވުމާ ދެކޮޅަށް، އިިދިކޮޅު ޕަޓީތަކުން ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރަން ފެށުމުން، ކޮމެޓީގެ މުގައްރިރު ވަނީ ތަކުރާރުކޮށް އެއް ސުވާލެއް ނުކުރެއްވުމަށް އެދިލައްވާފައެވެ.

މި އެއްބަސް ވުން އަންގާރަ ދުވަހު އެ ކޮމެޓީން ވަނީ ފާސްކޮށް މަޖިލީހުގެ ތަޅުމަށްް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު