ވޯޓު ލުމުގެ ހައްގު ލިބިގެންވާ ވަކީލުން ގެ ލިސްޓު އިޢުލާނު ކޮށްފި

ވޯޓު ލުމުގެ ހައްގު ލިބިގެންވާ ވަކީލުން ގެ ލިސްޓު އިޢުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން އިން މިރޭ ނެރުނު ލިސްޓަކީ މިމަހު 13 ވަނަ ދުވަހު ބާއްވާ ބާކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

ބާ ކައުންސިލްގެ އުފެދިފައި ވަނީ ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން ނެވެ.

މީގެ ސަބަބުން ޖުޑިޝަލް ސާވިސް ކޮމިޝަން އަށް ގާނޫނީ ވަކީލުން ގެ ފަރާތުން އައްޔަނުކޮށްފައި ހުރި ލަތީފާ ގާސިމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެ މަގާމަށް މީހަކު އައްޔަން ކުރެވޭނީ ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލައިގެނެވެ.

މި ލިސްޓު އިލެޝަންސް ކޮމިޝަން ގެ ވެބްސައިޓާ ޝޯޝަލް މީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު