ސާދަ ސިފައިން މަރުވީ ވިހަ ދުމުގެ ސަބަބުން: ރަޝިޔާ

ރަޝިއާގެ ސަބްމަސިބެލް އެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާއި 14 ފަޅުވެރިން މަރުވުވެފައިވަނީ ވިހަ ދުމުގެ ސަބަބުން ކަމަށް ރަޝިޔާގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.

14 ފަޅުވެރިން މަރުވެފައިވަނީ ކަނޑު އަޑީގަ ހިނގި އަލިފާނުގެ ހާދިސާގައި ނުކުތް ދުމުގަ ކެމިކަލް ހުރުމުގެ ސަބަބުން ކަމަށް ރަޝިއާއިން ބުނެއެވެ. ނަމަވެސް މިހާރު އުޅަނދުން އަލިފާން ވަނީ ނިއްވާލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ނަމަވެސް، ރަޝިއާން މިކަން ހާމަ ކޮއްފައިވަނީ މިއަދުއެވެ. މިފަދަ ބޮޑުކަމެއް ރަޝިޔާއިން ސިއްރުކޮށްފައި އޮތުމަގެ ސަބަބުން މިކަން ވަނީ މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

ރަޝިޔާގެ  ކަނޑުގެ ސިފައިން މި ހާދިސާ  ތަހުގީގު ކުރަމުންދާ ކަމަށް ރަޝިއާގެ ދިފާއީ މަރުކަޒުން ބުނެއެވެ.

ރަޝިއާގެ ދިފާއީ މަރުކަޒުން ބުނެފައިވަނީ އެ އުޅަނދުގަ އަލިފާން ރޯވީ ކޭބަލްތަކެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު