ރޯގާ އިތުރުވާތީ އައިޖިއެމްއެޗްގަ ފްލޫޫ ކުލިނިކެއް ހުޅުވައިފި

ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވާތީ އިންދިރާގާންދީ މެމޯރިއަށް ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މި އަދު ހުޅުވައިފިއެވެ.

ކްލިނިކް ހުޅުވާފައި ހުންނާނީ ހަވީރު 5:00 އިން ރޭގަނޑު 11:00 އަށެވެ.

ރާއްޖޭގައި ޖޫން މަހު މެދުން ފެށިގެން އިންފްލުއެންޒާ ބީ އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން 16 ޖޫން 2019 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 ވަނީ ޕޮޒިޓިވް ވެފައެވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންްސީން ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު