"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ ސީސީޓީވީ ކެމެރާ ހަރުކުރުން ލަސްވީ އުރީދޫގެ ސަބަބުން "

ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ކ. ރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ ސެކިއުރިޓީ ކެމެރާ ހަރުނުވެ އޮތީ އުރީދޫންް ތަކެތި ގެންނަން ލަސްވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިިއުމަން ރައިޓްސް ކޮމެޓީގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެ ސެންޓަރުގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން ހަވާލުކޮށްފައި އޮތީ އުރީދޫ މޯލްޑިވްްސް އާއި އެވެ.

"އުރީދޫން ތަކެތި ގެންނަން ލަސްވުމުގެ ސަބަބުން ކެމެރާ ހަރުކުރަން ލަސްވީ. ނަމަވެސް މިހާރު އެތަކެތި ގެނެސް ކެމެރާ ހަރުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ދަނީ،" އެ ސެންޓަރަށް މަސްއޫލުވާ އޮފިޝަލެއް ރައްްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގައި ވިދާޅުވިއެވެ.

މި ކޮމެޓީގައި ތިބި ހިއުމަން ރައިޓްސް ކޮމިޝަނުގެ އޮފިޝަލުން ވިދާޅުވީ ގުރައިދޫގައި ހުންނަ ސެންޓަރުގަ ދިމާވާ މައްސަލަތައް ތަހުގީގު ކުރަން ދާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ސެންޓަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތުން ކަމަށެވެ..

މީގެ އިތުރުން، އެ ސެންޓަރުގައި ތިބި ބައެއް މީހުންގެ މެޑިކަލް ހިސްޓްރީ ފައިލް ނުހުންނަ މައްސަލަ ވެސް ދިމާވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުން ވިދާޅުވިއެވެ.

"ކުޑަކުދިންގެ ހިޔާގަ ދިމާވި ކަންތައްތައް ތަހުގީގު ކުރަންވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކެމެރާ ނެތުން. މިކަހަލަ މައްްސަލައެއް ވީމަ މި ދަންނަވާލީ،" ހިއުަމަންރައިޓްސް ކޮމިޝަނުގެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެ ސެންޓަރަށް ސާފު ބޯފެން ނުލިބުމާ، އެކަށީގެންވާ ކަރަންޓު ނުލިބޭ ކަން ވެސް އެ ކޮމެޓީގައި ބައެއް އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.

އެ ސެންޓަރުގައި އަލިފާން ނިއްވާނެ އެކަށީގެންވާ ނިޒާމުތަކާ، އެކަށީގެންވާ މިންވަރަށް ފާހާނާ ފަދަ ތަކެތި ނެތްކަމަށް އެ ކޮމެޓީގައި އެކި ފަރާތްތަކުން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު