އެމެރިކާއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން ގޮންޖެހުންތަކެއް އެބަހުރި: ޗައިނާ

އެމެރިކާއާއި އަލުން ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށް ޗައިނާގެ މަރުކަޒީ ބެންކްގެ ގަވަރުނާރ ޔީ ގޭންގް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔީ ގޭންގް އިއްޔެ ވިދާޅުވެފައިވަނީ ޗައިނާއިން އެމެރިކާއެކު އަލުން ހުޅުވާލާފައިވާ ވިޔަފާރީގެ ގުޅުމަށް ސަމާލުވެގެން ތިބޭނެ ކަމަށާ ދުނިޔޭގަ އެންމެ ބޮޑު އިގްތިސޯދު އޮންނަ މިދެ ގައުމުގެ މެދުގައި ހުރި މަސަލަތަށް، ފަހަރަކު މައްސަލައަކުން ހައްލުކުރަމުން ގެންދިއުމަށް ދެގައުމުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ޗައިނާއިން މި ނިމްމުމާއިގެން ބާރު ސްޕީޑްގައި ނުނީ މަޑު ސްޕީޑެއްގައި ވިޔަސް ކުރިޔަށް ދާން ތައްޔާރު،"

ގައުމުގެ އެތެރޭގެ އިގްތިސާދާ ބެހޭގޮތުން ޔީ ބުނެފައިވަނީ ގައުމުގެ މަރުކަޒީ ބޭންކަށް އެކަށީގެންވާ މިންވަރަކަށް ފައިދާ ވަމުން އަންނަކަމަށެވެ.

"އިންޓްރެސްޓް ރޭޓު އޮތީ ހިންހަމަޖެހޭ މިންވަރުގަ. އިގްތިސޯދުވެސް ވަނީ އެންމެ ފުރިހަމަ ހިސާބަށް ދިއުމުގެ ކައިރީގައި އޮތީ. މަވެސް ދެ ގައުމުދެމެދުގައި އޮންނަ ވިޔަފާރި ހަނގުރާމަޔަށް ބަދަލެއް އަނަކަމަށް ނުވާނަމަ މިހާރު އޮތް ސިޔާސަތު ތަކަށް ބަދަލު ގެނައުމަށް ނުވިސްނާނެ،" ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވިއެވެ.

ޗައިނާގެ ގަވަރުނަރު ވިދާޅުވީ، އެ ގައުމުގެ ދަރަނި މިހާރު ޖީޑީޕީގެ ޕަސަންޓޭޖާ އަޅާބަލާއިރު އޮތް މިންވަރު ރަނގަޅުކަމަށެވެ. އަދި މަރުކަޒީ ބޭންކަށް ފައިސާ ވަންނަ ދޮރުތައް ހުޅުވިފައި އޮވެ، މިހާރު އޮތް މިންވަރަށް ގީޑީޕީ ކޮންޓްރޯލް ކުރެވިފައިވާނަމަ އެ ގައުމުގެ އިގްތިސާދަށް ގޮންޖެހުމެއް ނާންނާނެކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

ޗައިނާގެ ޖީޑީޕީ 2017 ވަނަ އަހަރު ހުރީ 12.24 ޓްރިލިއަން ޑޮލަރުގައެވެ. އެ ގައުމުގެ ޖީޑީޕީ އަންނަނީ އިތުރުވަމުންނެވެ. އާބާދީ އިތުރުވާ ރޭޓަކީ އަހަރަކު 0.6 ޕަސަންޓެވެ.

ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމެވެ. ޗައިނާގައި 1.386 ބިލިއަން މީހުން ދިރިއުޅެއެވެ.  އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ވެސް ކުރިން އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ އާބާދީ ނިސްބަތް ބޮޑުކަމެވެ. ނަމަވެސް ގަވަރުނަރު އެ ވިދާޅުވަނީ ޗައިނާއަށް އާމްދަނީ މިހާރު ލިބޭ މިންވަރާ އެ ގައުމުގެ އާބާދީއާއި އަޅާކިޔާއިރު އާމްދަނީ ވަންނަ މިންވަރު ރަނގަޅުކަމަށެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމަކީ އިންޑިއާއެވެ. އިންޑިއާގައި 1.339 ބިލިއަން މީހުން އުޅެއެވެ. އަދި ތިންވަނާގައި އޮތް އެމެރިކާގައި ދިރިއުޅެނީ 325.7 މިލިއަން މީހުންނެވެ.

މުޅި ދުނިޔޭގައި 7.53 ބިލިއަން މީހުން ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު