"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ލިބެނީ ސާފު ބޯފެނެއް ނޫން، އެކަށީގެންވާ ކަރަންޓެއް ވެސް ނުލިބޭ"

ކ. ގުފައިދޫގައި ގާއިމް ކުރެވިފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފެނުގެ ނިޒާމުން ފޯރުކޮށްދޭ ފެން ސާފު ނޫންކަމަށް ތަހުލީލު ތަކުން ދައްކާފައިވާކަމަށާއި، އެ ފެންޕްލާންޓުގެ ފެން ދޭތެރެ ދޭތެރެއިން ކެނޑެމުން އަންނައިރު، އެކަށީގެންވާ ކަރަންޓު ވެސް ނުލިބޭކަމަށް ހިއުމަންރައިޓްސް ކޮމިޝަނުގެ މެމްބަރުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފިޝަލުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަންރައިޓްސް ކޮމެޓީއާ ހިއްސާ ކުރި މައުލޫމާތުން ހާމަވެއްޖެއެވެ.

ހިއުމަންް ރައިޓްސް ކޮމިޝަނުގެ އޮފިޝަލުން ހަމަކުރިގޮތުގަ ގުރައިދޫގައި ހުރި ފެނުނުގެ ނިޒާމު އެކަށީގެންވާ ފެންވަރެއްގައި ނުލިބެއެވެ. އަދި ތަހުލީލުތަކުން ދައްކާގޮތުން ގުރައިދޫގެ ފެން ސާފެއް ނޫންކަމަށް ހިއުމަންރައިޓްސް ކޮމެޓީގެ އޮފިޝަލުން ވިދާޅުވިއެވެ.

"ހަފްތާއަކު ތިން ދުވަހު ނުވަތަ ދެ ދުވަހު މުޅި ގުރައިދޫން ފެން ކެނޑޭ،" އޮފިޝަލް ވިދާޅުވިއެވެ.

އަދި ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިިނިސްޓަރު އަހުމަދު ނާޒިމް  ދެންނެވި ސުވާލަކަށް ޖަވާބު ދެމުން އެ ސެންޓަރުގެ އޮފިޝަލެއް ވިދާޅުވީ ސްޓެލްްކޯއިން އެ ސެންޓަށަށް ހާއްސަކޮށް 100 ކިލޯ ވަޓްގެ ކަރަންޓު ފޯރުކޮށްދޭނެކަމަށް "ޕްރޮމިސް" ކޮށްފައި ވީނަމަވެސް، އެކަންވެސް އަދިވެސް ނުވާކަމަށެވެ.

އާސަރުކާރުންް ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުތަކެއް ގެނެސްްފައެވެ. އެގޮތުން ކުރިން އަންހެނުންނަށް އެމީހުން ތިބޭ ސަރަހައްދަށް ބޭރަށް ނުދެވޭތީ މިހާރު އެމީހުންނަށް ވަނީ އެހެން އިމާރާތަކަށް ބަދަލުކޮށް ބޭރަށް ނުކުމެވޭނެ ގޮތް ހަމަޖައްސާފައެވެ. އަދި ސައިކޮލޮޖިސްޓަކާ، މެޑިކަލް އޮފިސަރެއްގެ ހިދުމަތް މިހާރު އެ ސެންޓަރަށް ފޯރުކޮށްދެއެވެ.

ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް އަންނީ މަސައްކަތް ކުރަމުންނެވެ.

ހަމައެކަނި ޑޮކްޓަރުންގެ ބަދަލުގައި އެމީހުންނަށް ސައިކޮލޮޖިސްޓަކާއި، ސައިކޭޓްރިސްޓެއް އަދި އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އެހީ ބޭނުންވާނެ އެވެ. އާ ނިޒާމުގެ ދަށުން ފުރަތަމަ ސްޓޭޖްގައި ކޮންމެ ބަލި މީހަކަށްވެސް ހާއްސަ ޑެއިލީ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ. އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ބަލި މީހުންގެ އާއިލާތަކާއިވެސް ގުޅިގެންނެވެ. އަދި އެ މީހާއަށް ބޭނުންވާ އެކިކަހަލަ ތެރަޕީތައް ދީ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދޭނެ އެވެ. ތެރަޕިއުޓިކް މޮޑެލް އެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު