ޓްރާންސްޕޯޓު މިނިސްޓާރ މަޖިލީހަށް ހާޒިރު ކުރަނީ

ޓްރާންސް ޕޯޓު މިނިސްޓާ އައިޝަތް ނަހުލާ ރީނދޫ ކާރުގަ: ފޮޓޯ ޝޯޝަލް މީޑިއާ

ޓްރާންސްޕޯޓު މިނިސްޓާރ އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާނެކަަމަށް ކާށިދޫ ދާއިރާގެ މެމްބަަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިއަދު ވިދާޅުވީ، މިނިސްޓާރ ނަހުލާ މަޖިލީހަށް ހާޒިރު ކުރައްވާނީ، ޕާކިން ޓިކެޓު ވެހިކަލްތަކުގައި ތަތް ކުރާތީ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ނަހުލާގެ ކުރިން ޖާބިރު ވަނީ އެހެން މިނިސްޓަރުން ވެސް މަޖިލީހަށް ޖާބިރު ހާޒިރު ކުރިއެވެ. މިގޮތުން އިކޮމިނިސްޓަރު ފައްޔާޒު އިސްމާއީލު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރިއެވެ.

މާލޭގައި ބައެއް ވެހިކަލް ޕާކުތައް ސަރުކާރުން ވަނީ އަޅާފައެވެ. ނަމަވެސް ހުރިހާ ވެހިކަލަކަށް ޕާކު ކުރެވޭނެ އިންތިޒާމެއް އަދި މާލޭގައި ހަމަ ޖެހިފައެއް ނެތެވެ. އަދި މުޅި ރާއްޖޭގައި ވެސް ޕާކިން މައްސަލަ އެންމެ ބޮޑަށް ދިމާވާ ރަށަކީ މާލެއެވެ.

ކުރީ ސަރުކާއުން ބެހެއްޓި އިލެކްޓްރޯނިކް ކާ ޕާކިން ސިސްޓަމްތަކުގެ ބެނުން ނުހިފޭނެކަަމަށް މާލޭ ސީޓީކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ޕާކިން ސްޓިކާ ޖަހަނީ، އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުންނެވެ. މިއީ 2014 ވަނަ އަހަރު ގެނައި އިސްލާހެކެވެ.

ކިޔުންތެރިންގެ ހިޔާލު