އިންޑިއަށް ކުރަމުންދާ ވިއްސާރާގައި 22 މީހުން މަރުވެއްޖެ.

އިންޑިއާގެ ވިއްސާރަ މޫސުން ފެށިގެން ކުރިއަށްދާ އިރު، މި ވިއްސާރަގައި މިހާތަނަށް 22 މީހުން މަރުވެފައިވެއެވެ.

ރޭގެ ވަގުތެއްގައި އިންޑިއާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފާރުތަކެއް ވެއްޓި އަދި މަގުތަކުގެ ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 22 މީހުން މަރުވެފައިވާ އިރު 60 މީހުނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އިންޑިއާގެ މުމްބާއީގެ އިރުމަތީ އޮންނަ މަލަދް އަވަށަށް ރޭގަ ވެހުނު ވާރޭގަ ފެންބޮޑު ވުމުގެ ސަބަބުން އެ އަވަށުގަ ހުރި ބޮޑު ދިގު ފާރެއް ވެއްޓި 12 މީހުން ވަނީ މަރުވެފައެވެ. މިފާރު ކައިރީގައި ގިނަ އަދަދަކަށް އާމުން ދިރިއުޅެމުންދާ ކަމަށާއި، އަދި މި ފާރު ދަށުވެފައި ބަޔަކުވާކަން ބުނެދޭކަށް ނޭގޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަމުންދެއެވެ. އިންޑިއާގެ ރެސްކިއު ޓީމަކުން މިފާރު ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށްވެސް ހަބަރުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުމްބާއީގެ ކަރީގަ އޮންނަ ކަލްޔަން ނަމަކަށް ކިޔާ އަވަށުގެ ހުރި ސުކޫލެއް ވެއްޓި 4 މީހުން ވަނީ މަރުވެފައެވެ. އަދި މިކަހަލަ ހާދިސާއެއް ހިނގާ މަހަރަޝްތްރާ ސްޓޭޓުން ވަނީ 6 މީހަކު މަރުވެފައެވެ.

މި ވިއްސާރާއިގެ ސަބަބުން މަހަރަޝްތްރާ ސަރުކާރުން ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެކަމަށް ހަދާފައެވެ. އަދި ހުރިހާ ރައްޔިތުންވެސް މި ވިއްސާރަޔަށް ސަމާލުވެގެން ތިބުމަށް ވަނީ އަންގާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މުމްބާއީ އެއާޕޯޓުން ވަނީ 52 ފުލައިޓް ކެންސަލްވެސް ކޮއްފައެވެ. މުމްބާއީ ސަރުކާރުން ބުނެފައިވަނީ މި އަދު އަދި މާދަންވެސް މި ވިއްސާރާގެ އަސަރު ކުރާނެ ކަމަށާ އަދި މިހާރުވެސް ބައެއް ސަރަހައްދުގައި ވަނީ ކަކުލު ހުޅާ ހިސާބަށް ފެންބޮޑުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު