'މާނު ވެސް 'ކޯޓުގެ އެހީތެރިކަމާއެކު ފިލައިފި

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން (މާނު) ވެސްް 'ފިލައިފިި' އެވެ.

މާނު 'ފިލާފައިވަނީ' އޭސީސީން އޭނާގެ މައްސަލައެއް ތަހުގީކުރަމުން ގެންދަނިކޮށެވެ.

އޭނާ 'ފިލުމުގައި ރާއްޖޭގެ ކޯޓަކުން އޭނާއަށް އެހީތެރިވެ ކަމުގެ ތުހުމަތު' ދިވެހި މީޑިއާތަކުން ވަނީ ކޮށްފައެވެ.

އަދި އޭނާ 'ފިލާފަ' ވަނީ އޭސީސީން އޭނާ ރާއްޖެއިން ބޭރަށް ދިއުން ހުއްޓުވުމަށް ކޯޓު އަމުރަކަށް ވެސް އެދިފައިވަނިކޮށެވެ. ނަމަވެސް ކޯޓުން އަމުރު ނުދީ ތިން ހަފްތާ މަޑުކުރުމަށް ފަހު އޭސީސީ އަށް ކޯޓުން އަންގާފައިވަނީ މާނު ރާއްޖެއިން ފުރުން ހުއްޓުވަން ކޯޓު އަމުރެއް ނެރެ ވޭން ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲޔާމިންގެ އައަނބިކަބަލުން ފާތިމަތު އަހުމަދު އެޅުއްވި މިސްކިތާއް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

މާނު ގެ އިތުރުން އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ މާނީ ލޯންޑަރިންގެ ދަޢުވާ ގެ ޗިޓުވެސް ކޯޓުން ހަވާލު ނުކުރެވި ގެން އުޅެނީ އޭނާ 'ފިލައިގެން' އުޅޭތީއެވެ.

ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ ސުޕްރީމް ކޯޓުގެ ސަސްޕެންޑުކުރި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ 'ފިލައިގެން' ރާއްޖޭން ބޭރަށް ގޮސްފައެވެ.

މީގެ 9 އަހަރު ކުރިން 'ބޭސް ފަރުވާއަށް' ފޮނުވާފައިވަނީ ކޮށް ފިލި 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ ވެސް އަދިވެސް ރާއްޖެ ނުގެނެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު