އާތިފް ޝަކޫރަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ފައިނޭންޝަލް އިންޓްލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ފޮނުވައިފިއެވެ.

މިއަދު އޭސީސީން ބުނީ އާތިފާ ދެކޮޅަށް ދައުވާ ކުރަން ފޮނުވީ ދައުލަތުގެ ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ކުރަމުން ދިޔަކަން އެފްއައިޔޫ އިން ކުރި ތަހުގީގުން އެނގެން އޮތް ނަމަވެސް އެކަން ފުލުހުންނަށް ހުށަހަޅާފައި ނުވާތީ އެވެ.

އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުން، ޝައްކު އުފެދި، އެފްއައިޔޫގެ ސަމާލުކަމަށް އެކަން ގެނަ އެވެ. އަދި ޝައްކު އުފެދުނު އެކި މުއާމަލާތްތަކުގެ ތަފްސީލް ވެސް އެފްއައިޔޫ އަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލަ ފުލހަށް ހުހުށަހަޅާފައެއް ނުވެއެވެ. ދައުވާކުރަނީ ވެސް މި މައްސަލާގައެވެ.

 

ކިޔުންތެރިންގެ ހިޔާލު