ޙަލީމާ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި

ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު ރާއްޖެ ވަޑައިގަތުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އަރުވައިފިއެވެ.

ރައީސް ސޯލިހު އެކަމަނާއަށް ދައުވަތުއަރުވާފައިވަނީ ހޯމަދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު ބޭއްވެވި ފުރަމާނަ ޖާފަތުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅު ގައި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދު ވަނީ މުހިންމުއެއްބަސްވުންތަކެއްގަ ސޮއި ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު