ޓެސްްޓުގަ ކޮޕީ ކުރި މެޖިސްޓްރޭޓް ސަސްޕެންޑު ކޮށް އިތުރު ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފަށައިފި

ޓެސްްޓުގަ ކޮޕީ ކުރި މެޖިސްޓްރޭޓް ސަސްޕެންޑު ކޮށް އިތުރު ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފަށައިފިއެވެ.

ޓެސްޓުގައި ކޮޕީކުރި މެޖިސްޓްރޭޓު މުހައްމަދު ރާޣިބު މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން މިއަދު ވަނީ ސަސްޕެންޑު ކޮށްފައެވެ.

އޭނާ ސަސްޕެންޑު ކުރީ އެނާއާއި ގުޅިގެން ބަލަމުން އަންނަ ޖިންސީ ފުރައްސާރައިގެ މައްސަލާގައެވެ.

ޖޭއެސްސީން މިދިޔަ މަހު 29 ވަނަ ދުވަހު ތަހުގީގު ފަށާފައިވަނީ މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ ކ. އަތޮޅު ކޯޓުތަކުގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެވެ.

ގދ. ގައްދޫ ކޯޓްގެ ސީނިއާ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވިއިރު ޓެސްޓުގައި ކޮޕީ ކުރިކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޖޭއެސްސީއަށް 2013 ވަނަ އަހަރު ވަނީ މައްސަލައެއް ފޮނުވާފައެވެ.

ރާޣިބު އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާކަމށް ތުހުމަތުކޮށް ޖޭއެސްސީއަށް އާ މައްސަލައެއް މިމަހު ވަނީ ވައްދައިފައެވެ.

މީގެ އިތުރުން ޑުރަގް ކޯޓުގެ ގާޒީ އާދަމް އާރިފާއެކު އިތުރު ހަތަރު ގާޒީއެއްގެ ޖޭއެސްސީ އިން މިއަދު ވަނީ ބަލަން ފަށާފައެވެ.

އޭނާގެ އިތުރުން ޖޭއެސްސީން ދެން ބަލަން ނިންމާފައި ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއެއްގެ އިތުރުން ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާން އަލީ އާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިނާއި ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޙާމަ.

    ކޮންމެ ކަމަކަށް ވެސް ނިމުމެއްވާނެ. ތިމަންނަ ވަރެއް ނެތިގެން އުޅުނުދުވަސްތަކެއް ވެސް ހިގައްޖެ.