ދިރާގުން ސަރުކާރަށް ގޮންޖަހައި އިންޓަނެޓު އަގު ރިކޯޑު މިންވަރަށް ބޮޑުކޮށްފި

ދިރާގުން އެންމެ ފަހުން ތައާރަފު ކުރި ރިކޯޓޑު ފެންވަރުގެ އަގު ބޮޑު ޕެކޭޖު ތައާރަފްކޮށްދެއްވީ މިނިސްޓާރ މަލީހް:–

ދުނިޔޭގެ ގިނަ ޤައުމުތަކުން އަސާސީ ހިދުމަތެއްގެ ގޮތުގައި ބަލާ އިންޓަރނެޓް ޙިދުމަތަކީ ދިވެހިރާއްޖޭގައި ގިނަ ދުވަހަކާއި ޖެހެންދެން އަގުބޮޑު އަދި މަޑު ދުވެލީގައި ދެމުން އަންނަ ހިދުމަތެކެވެ.

ދިވެހިރާއްޖޭގެ ގުޅުން( ދިރާގު) ގެ ފަރާތުން ރާއްޖޭގައި އިންޓަރނެޓްގެ ހިދުމަތް ދޭންފިށިތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާ އިރު އެކުންފުންޏާއި ވާދަ ކުރުމަށް އިންޓަރނެޓްގެ ހިދުމަތް ދިނުމަށް ދެވަނަ ފަރާތަކަށް ސަރުކާރުން ހުއްދަ ދިނީ 2003 ވަނަ އަހަރުގައެވެ. ފޯކަސް އަށް މިހިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި އެކު އިންޓަރނެޓް އަގަށް ބަދަލު އަޔަސް ދިވެހި ދައުލަތުގެ 41.8 އިންސައްތަ ހިއަސާ އޮންން ދިރާގުން ރައްޔިތުންނަށް ދެމުން އަންނަ އިންޓަރނެޓަކީ ވަރަށްވެސް އަގުބޮޑު އެހެނަސް އެއްވެސް ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާ އޮތް ހިދުމަތެކެވެ.

ދިވެހިރާއްޖޭގެ މުއާޞަލާތީ ހިދުމަތްދޭ އެންމެ ދުވަސްވީ ކުންފުނިން މިދިޔަ އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއަޔާތެއްގައި 1 ގިގަބައިޓް ސްޕީޑްގައި ތައާރަފް ކުރި އިންޓަރނެޓް ޕެކޭޖަކީ ދިވެހި މަހުޖަނުންނަށް ހާއްސަކޮށްފައިވާ ހިދުމަތެއް ކަމަށް ބެލެވެއެވެ.

މަހަކު 6990ރ. އަށް މިހިދުމަތް ތައާރަފް ކުރެއްވި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓްކޮނޮލޮޖީގެ މިނިސްޓަރަކީ މިގައުމުގެ އިންޓަރނެޓް އަގު ބޮޑު ކަމަށް ވިދާޅުވެ އިންޓަރނެޓްގެ އަގު ހެޔޮކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ދައުވާ ކުރައްވާ ބޭފުޅެކެވެ.

މީގެ ކުރިން މަލީހު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ނަޒަރު ހިންގާލާއިރު، "ރައްޔިތުންނާ ވިޔަފާރިވެރިން އުފާވާ ވަރުގެ އަގަކަށް އިންޓަނެޓުގެ އަގު ހެޔޮކޮށްދޭނެ،" ކަމަށް ވިދާޅުވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ "ދިރާސާއެއްގެ މައްޗަށް" ބިނާކޮށް ކަމަށް ވިދާޅުވެފައި އޮތުމުން، އެ ކުރެއްވި ދިރާސާ ފޯކަސް ކުރައްވާފައި އޮތީ ދިވެހިންނަށްތޯ ސުވާލު އުފެދެއެވެ. ސަބަބަކީ 6990 ރ. ރުފިޔާގެ އިންޓަނެޓު ޕެކޭޖަކީ ރާއްޖޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ މަޖިލިސް މެމްބަރުންނަށް ވެސް ބިލު ދައްކަވަން އުނދަގޫވާނެފަދަ ބޮޑު ބިޔަ އަދަދެކެވެ.

ކަރަންޓު ބިލުތައް ބޮޑެވެ ގޭބިސީތަކުގަ އެވަރެޖު ގޮތެއްގައި 2500 ރުފިޔާ އާ 1000 ރުފިޔާ އާ ދެމެދު ހުރި އިރު، ފެންބިލަށް 3000 ރުފިޔާއާ 1500 ރުފިޔާއާ ދެމެދުގެ އަދަދެއް އެވަރެޖުގޮތެއްގައި އަރައެވެ. ވެރިރަށް މާލޭގައި އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި އެވަރެޖް ކޮށް މުސާރަ ލިބޭ ކޮންމެ މީހަކު 18،000 ރުފިޔާ އާއި 30،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެއެވެ. މިއަދަދު ކުލި ދައްކާ ގެއަކަކަށް މަހެއްގެ މައްޗަށް އެހެނިހެން ހަރަދުގެ ގޮތުގަ 20،000 ވަރަކަށް ރުފިޔާ ހަރަދުކުރެއެވެ. އިންޓަނެޓުގެ އަގު މިހާރުވެސް ބޮޑެވެ. އަދި އަލަށް ތައާރަފު ކުރި އިންޓަނެޓުގެ ޕެކޭޖުގެ އަގު ހަތް ހާސް ރުފިޔާއަށް އަރައެވެ.

މިހާ ބޮޑު ޕެކޭޖެއް ބައްލަވައިގަނެވޭނީ ބޮޑު މަހުޖަނަކަށެވެ.

ދިރާގު ފާހަގަ ކުރެވިފައި އޮތީ ފެށުނީއްސުރެ ހިދުމަތުގެ އަގު ބޮޑު، ހިދުމަތުގެ ފެންވަރުދަށް ބައެއްގެ ގޮތުގައެވެ. އެކަން ދިވެހިން ގަބޫލުކުރަން ފެށީ ދިރާގުން ދެމުން އަނަށް ހިދުމަތްތައް ދެވަނަ ފަރާތަކުން ދިނުމުގެ ފުރުޞަތު ދިން ހިސާބުންނެވެ. ދިވެހި ބާޒާރުގައި ދިރާގުގެ ހިދުމަތް ހޯދާ ފަރާތްތައް ގިނަ ކަމުގައިވިޔަސް އެހިދުމަތް ލިބިގަންނަ ގިނަ ފަރާތްތަކުން އެކުންފުނިން ދެމުން ގެންދާ ހިދުމަތްތަކާއިމެދު ޝަކުވާ އަބަދުވެސް ކުރެއެވެ. ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ މިކުންފުނިން ރައްޔިތުންނަށްދޭ ހިދުމަތުގެ އަގު އެހާ ބޮޑުވުމުން ވެސް މިކަމާ ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑު ނުވަނީ ބައިވަރު ސަބަބުތައް ހުރީމަކަމަށް ޤަބޫލުކުރެވެއެވެ.

މީގެ ސަބަބެއް ކަމުގައި ދިރާގަށް ބިލިއަން ރުފިޔާއިން ލިބޭ ބޮޑު އާމްދަނީ ހިމެނުން ވެސް އެކަށީގެންވެއެވެ.

ދިރާގަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 898،0000،000 (އަށްސަތޭކަ ނުވަދިހަ އަށް މިލިއަން) ރުފިޔާ ލިބުނެވެ.

ދައުލަތް ހިއްސާވާގޮތަށް އާންމުރައްޔިތުންނަށް ހިދުމަތްދޭ ކުންފުނިތަކަކީ އެހާ ބޮޑު ފައިދާވާ ކުންފުނިތަކެއްކަމުގައި އޮތުމަކީ ގިނަމީހުން ސުވާލު އުފައްދާކަމެކެވެ. ސަބަބަކީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ޗެކް އެންޑް ބެލެންސް ހަމަހަމަވާ އުސޫލުން ހިންގަންޖެހޭ ތަންތަން ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެއާ ހިލާފަށް ރާއްޖޭގަ އަސާސީ ހިިދުމަތްދޭ ކުންފުނިތަކަކީ މިލިއަނުން ބިލިއަނުން އަބަދުވެސް ފައިދާ ކުންފުނިތަކެކެވެ.

އިންޓަރނެޓް އަގުހެޔޮކުރާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ކަމާއި ހަވާލުވި މިނިސްޓަރ އިންޓަރނެޓް އަގުހެޔޮކުރުމުގެ ވާހަކަ ހުއްޓާލައި ހިތްވަރުދިނީ އިތުރަށް އިންޓަރނެޓް އަގުބޮޑުކޮށް މެޑަލް ޖެއްސެވުމަށެވެ.

ދިވެހިންގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީން ބޭނުންކުރާ ގިގަސްޕީޑަކީ އިންޓަރނެޓްގެ ޙިދުމަތައް އައި ތަރައްޤީއެއް ކަމަށް ވިދާޅުވެ މިނިސްޓަރ މަލީހު ވާހަކަފުޅު ދެއްކެވި އިރު މިޖެހުނީ ދިވެހިންނަށް ހަޖޫ ކަމެއްވެސް ހަނދުމަފުޅެއް ނެތެވެ. އިންޓަރނެޓް އަގުހެޔޮ ކުރާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވިދާޅުވި ބޭފުޅާ މިވަނީ ދިވެހިންނަށް އިންޓަރނެޓް ދޭނެ އެންމެ އަގުބޮޑު ރޭޓް ދީފައެވެ. އެހެން ކަމުން ދުނިޔޭގައި ދެވޭ އެންމެ އަގުބޮޑު އިންޓަރނެޓް ރޭޓްގެ 3 ވަނައިގައި ރާއްޖެ މިވަނީ ހިމެނިފައެވެ.

ދިރާގުން ރައްޔިތުންނަށް ޓެލެކޮމިޔުނިކޭޝަން ހިދުމަތް ދެމުން އައީ ދިރާގު ނޫން އެއްވެސް ބަޔަކަށް މިހިދުމަތް ރާއްޖޭގައި ނުދެވޭނެ ކަމަށް ހިތުލައިގެން ކަހަލަ ގޮތަކަށެވެ. އެހެން ނަމަވެސް ވިޔަފާރީގެ ބާޒާރުގައި ދިރާގާއި ވާދަކުރުމަށް 2005 ވަނަ އަހަރު ވަތަނިއްޔާ ނުވަތަ މިހާރުގެ އޫރެދޫ ފުރަތަމަ ފަހަރަށް ރާއްޖެއަށް ފޭބި ހިސާބުން ރައްޔިތުންގެ ޖީބަށް އެނގިގެން ދިޔައެވެ. ދިރާގުން 500 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ ސިމް ކާރޑަށް ނިމުން އަޔެވެ.

އިންޑިއާއިން ގިގަބައިޓްސް ސްޕީޑްގައި އިންޓަރނެޓް ދޭންފެށީ 2017 ވަނަ އަހަރުގައެވެ. އިންޑިއާގައި މިހިދުމަތުގެ އަގު މިހާރު ހުރީ މަހަކަށް 1341.54ރ. އަށެވެ. ތައިލެންޑަގައި 1495.74ރ. އަށް ހުރި އިރު ސިންގަޕޫރުގައި 2 ގިގަބައިޓްސްގެ ސްޕީޑް އިންޓަރނެޓް 693.9ރ. އަށް ލިބެއެވެ.

މިކަމަށް އޮތް ހައްލަކީ ޓެކެލެކޮމިއުނިކޭޝަނާ އިންޓަނެޓުގެ ހިދުމަތް ދިނުމަށް، މާކެޓު ވާދަވެރި ކުރުމަށް އިތުރު ޕާޓީތަކަށް ފުރުސަތު ދިނުން ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.

ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތް ހޯދާ ބޮޑު ބަޔަކީ ޒުވާނުންކަމަށް ވާއިރު، ދިރާގުން އަލަށް ތައާރަފު ކުރި ޕެކޭޖާ ގުޅިގެން ވަރަށް ގިނަ މީހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކޮށް ދިރާގަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ރެކިފުތާ

  މިކަލޭގެ މި އުޅެނީ ގާސިމަށް މުޅިރާއްޖޭގެ ޓީވީ ޗެނަލްތަކާއި އިންޓަނެޓް ހިދުމަތް ގާސިމުގެ ކުންފުނި މީޑިއާނެޓަށް ދޭންވެގެން. މީ ދިވެހިން ފެލާ ދިރާގާއި އުރީދޫ ދެން މީޑިއާނެޓް މޮނޮޕޮލައިޒް ކޮށް ދިވެހިން ފެލާ ކުންފުނިތައް.

 2. ފިރާގު

  މަލީހުމެން ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ތޯއެވެ؟
  އެއް ފޯޑިއަމަށް އަރާ އިންޓަނެޓުގެ އަގުހެޔޮ ކުރަން މަސައްކަތް ކުރާކަމަށް ވަކާލާތުކޮށްފައި އަނެއް ޕޯޑިއަމްގަ އެންމެ އަގުބޮޑު އިންޓަނެޓެ ޕެކޭޖް އިފްތިތާހުކުރަން!

  9
  2
  • ދިރާގު ވާ ހަޔާތް ކުޑައެއްނު؟
   މަލީހު ގޮވައިގެން ގޮސް މަލީހުލައްވާ މި އަގުބޮޑު ޕެކޭޖެއް ތައާރަފް ކުރުވީމަ އެވޯޑެއްވެސް ދޭވަރުވޭ…

  • ޢާންތު

   ސާބަހޭ މަލީހު