ހޮންގް ކޮންގު މަޖްލިސް އިދާރާ ހިސޯރު ކުރުމާގުޅިގެން ރެޑް އެލާޓު ނެރެފި

ހޮންކޮންގުގެ މަޖްލިސް އިދާރާ މުޒާހަރާ ކުރާ މީހުން ހިސޯރު ކުރުމާ ގުޅިގެން އެ އިދާރާއިން ރެޑް އެލާޓް ނެރެފިއެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ މަޖިލިސް ތެރެއަށް ވަދެ ބިއްލުރޫތައް ތަޅައި، ޕޯސްޓަރުތަކާ ފާރުތަކަށް ސްޕްރޭޖަހަމުންނެވެ.

މި މުޒާހަރާއަކީ ޗައިނާގެ ބާރުގެ ދަށަށް ހޮންކޮންގު ގެންދިއަތާ 22 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދަ މުޒާހަރާއެކެވެ.

މި މުޒާހަރާ ހަރާގައި ދެ ލައްކައަށްވުރެ ގިނަ މީހުން  ބައިވެރިވެއެވެ.

މުޒާހަރަގައި މިހާ ގިނަ މީހުން ބައިވެރިވެރިވީ މުޒާހަރާ ހޫނުވުމާ ގުޅިގެންނެވެ.

ހޮންކޮންގުގައި މުޒާހަރާކުރާ ޔެލޯ އަމްބެއްލާ ޖަމިއްޔާއަކީ އެ ގައުމު މިނިވަންކޮށް، އެ ގައުމުގައި ޑިމޮކްރަސީ ގެނައުމަށް ގޮވާލާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު