ރައްޔިތުންގެ މަޖިލީހުގެ ރައީސް ރުވަންޑާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެމަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ކިގާލީ ގްލޯބަލް ޑައިލޮގުގައި ބައިވެރިވެ ވަޑައިގަތުމަށް ރުވަންޑާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު ރުވާންޑާއަށް ވަޑައިގަތީ "ގްލޯބަލް ޑައިލޮގް" ގަ ބައިވެރިވެ ވަޑައިގަތުމަށެވެ.

"ގްލޯބަލް ޑައިލޮގް" ބޭއްވުމަށް ހަމަޖެހިފައިވަނީ، ރުވާންޑާގެ ކިގާލީގަ މި ހިނގާ ޖުލައިމަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހަށެވެ.

މި ބައްްދަލުވުމުގައި ދުނިޔެގެ ގައުމުތަކުން ތަރައްގީވުމަށާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު