ލަންކާގަ ދިރިއުޅޭ ދިވެހިންް ރައީސް މައުމޫނަށް ބޮޑު ތިން ކަންބޮޑުވުމެއް ހުށަހަޅައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމް ބަދަލުކުރެއްވުމުން މައިގަނޑި ތިންކަމެއް ކަންބޮޑުވުންތަކުގެ ތެރޭގައި ހުށަހަޅާފައިވާކަމަށް އެމަނިކުފަނު ހާމަކުރައްވައިފިއެވެ.

ރައީސް މައުމޫނު މިއަދު ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ދިވެހިން އެމަނިކުފާނާ ހިއްސާ ކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ވިސާ ލިބުމުގައި ހުރި ދަތިތަކާ، އާސަންދާގައި ހުރި ދަތިތަކާ އަދި ދަރިވަރުންގެ ލޯނު ހޯދުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައް ހުށަހަޅާފައިވާކަމަށެވެ.

"ނަސްރީނާ އާއި އަޅުގަނޑު ރޭ ލަންކާގައި ދިރިއުޅޭ ދިވެހިންނާއެކު ވަނީ ވަރަށް ފުރިހަމަ ވަގުތުކޮޅެއް ހޭދަކޮށްލެވިފަ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނު މިހާރު ކުރައްވަމުން ގެންދާ ދަތުރު ފުޅުގައި ވަނީ ދެ ފަހަރެއްގެ މަތިން ލަންކާގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވާފައެވެ.

ދެވަނަ ފަހަރަށް ބައްދަލު ކުރެއްވީ، ގިނަ ބަޔަކު އެދެމުން އަންނާތީއެވެ.

މި ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓާރ އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޏާ މައުމޫނު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު