ކ. އަތޮޅު މަދަރުސާ އެއް ދަންފަޅިއަށް ބަދަލުކުރަން އިމާރާތެއް އަޅަންް ހަވާލުކޮށްފި

ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާއަށް 16 ކުލާސްރޫމް ހިމެނޭ 4 ބުރީގެ ޢިމާރާތަކާއި މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ޑަބްލިއު އެންޑް އޭ އޯވާސީސް ޕީ.ޓީ.އީ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ފަސް މިލިއަން އަށްޑިހަ ހަތް ހާސް އަށް ސަތޭކަ ސާދަ ރުފިޔާ ފަންސާސް އަށް ލާރިއަށެވެ.

މި އިމާރާތް މަސައްކަތް ނިމުމުން، އެ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރާނެއެވެ.

މިއީ ޕީއެސްއައިޕީގެ ދަށުން މިއަހަރު އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ފުރަތަމަ ޕްރޮޖެކްޓެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެވެ. ޑަބްލިއު އެންޑް އޭ އޯވާސީސް ޕީ.ޓީ.އީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިނގް ޑިރެކްޓަރ އަޖުހަދު ޢަބްދުﷲ ޒުހައިރެވެ.

އެޑިއުކޭޝަން މިނިސްޓީން ވަނީ މިއަހަރުގެ ޖެނުއަރީ މަހު އަތޮޅުތަކުގެ 213 ސްކޫލުގެ ތެރެއިން އެއް ދަންފަޅި އަށް 134 ސްކޫލެއްގައި ކިޔަވައިދޭނެ ނިންމާފައެވެ. ބާކީ ހުރި 79 ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު