އިޒްރޭލުން ސީރިއާ އަށް މިސައިލު ހަމަލާތަކެއް ދީ 4 މީހުން މަރާލައިފި

އިސްރޭލްއިން ރޭ ސީރިއާގެ ވެރިރަށް ދަމަސްކަސް އަދި ހޮމްސްއަށް ވައިގެ މަގުން މިސައިލުގެ ހަމަލާތަކެއް ދީ 4 މީހުން މަރާލާފިއެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

މި ހަމަލާގައި 4 މިހުން މަރުވެފައިވާއިރު 21 މީހުނަށް ވަނީ ސީރިއަސް އަނިޔާތަށް ލިބިފައެވެ. މި ހަމަލާގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި އެއް މަސް ނުފުރޭ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

އާމުންނަށް ލިބިފައިވާ އަނިޔާގެ އިތުރުން އެތެއް ގޮދޮރެއް  ވެސް ވަނީ މިސައިލު ހަމަލާތަކުގައި ހަލާކުކޮށްލާފައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މިސައިލް ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ވައިގެ ސަރަހަދުންނެވެ. އެ ސަރަހައްދުން އިސްރޭއިލްގެ 2 މަތިންދާބޯޓު އެ ވަގުތު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަނާ (ސީރިއާ އަރަބް ނިއުސް އެޖެންސީ) ކިޔާ ސީރިއާ ނޫހަކުން ހާމަކޮށްފައިވާ މައުލޫމާތުން މި ހަމަލާތައް ދިނީ އިސްރޭލުން ކަން ޔަގީންވެއެވެ.

މި ހަމަލާ އަމާޒުކޮއްފައިވަނީ ސީރިއާގެ މެއްޒެލް މިލޓަރީ ވައިގެ ބަނދަރަށާ އަދި ކާރީގެ ހުރި ބައެއް އަވަށްތަކަށެވެ. ދެވަނަ ހަމަލާ ދީފައިވަނީ ލެބަނީސް ބޯޑަރް ސަރަހައްދު ކާރީގައި އޮންނަ ހޯމްސް ކިޔާ އަވަށެވެ.

ސީރިއާގެ ބޯޑަރު ހުރަސް ކޮއް އިސްރޭލްއިން ވަނީ މީގެ ކުރިން ވެސް ހަމަލާތަށް ދީފައެވެ.  ނަމަވެސް އިސްރޭލުން މިފަދަ ހަމަލާތައް އެބަސް ވެފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.

ހަމަލާއާ ގުޅިގެން ސީރިއާގެ ސަރުކާރުން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ސީރިއާގެ ތިބި ޓެރްރަރިސްޓް ޖަމާއައްތަކަށް އިތުރަށް ހަމަނުޖެހުން އުފައްދަން ހިއްވަރު ލިބިގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު