ޝައިމް ހޯދައިފި

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލިގެން ހޯދަމުން ދިޔަ ޝައިމް އަބްދުﷲ، 14 ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޝައިމް ހޯދާފައިވަނީ މާލޭ ގެއެއްގައި ދިރިއުޅެމުން ދަނިކޮށެވެ.

ޝައިމްގެ ފެނިފައިމިވަނީ އެނާ ގެއްލިގެން ހޯދަމުން އަންނަތާ ދެ ހަފްތާ ފާއިތުވީފަހުންނެވެ.

ޝައިމް ހޯދުމަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއްވެސް ހޯދިއެވެ.

ޝައިމް ގެއްލުނު މައްސަލާގަ ޖެންޑާރ މިިނިސްޓާ ސިދާތާ ޝަރީފް ވެސް ވަނީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ޝައިމްއާ ގުޅޭ "ސެންސިޓިވް މައުލޫމާތު" މިނިސްޓާރ ހާމަކުރެއްވިކަމަށް ބުނެ ބައެއް މީހުން އަންނަނީ ޝޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ޝައިމްއަކީ 2009 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކެވެ.

މިއީ ޝައިމް ގެއްލިގެން ހޯދި ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު