ފުވައްމުލަކު މީހުން 'ހައްގު މިންވަރު ހޯދަން' މަގުމައްޗަށް ނުކުންނަނީ

ފުވައްމުލަކު މަގެއް ފެން ބޮޑުވެ ޗަކަ ވުމުގެ ސަބަބުން ވެހިކަލެއް މަގުމަތީގަ ތާށިވެފަ: ފޮޓޯ ޝޯޝަލް މީޑިއާ

ފުވައްމަލުކު ސިޓީގެ ރައްޔިތުންނަށް "ހައްގު މިންވަރު" ހޯދަން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފިއި އެ މައްސަލައަށް ހައެއްލެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފުވައްމުލަކު މީހުންގެ ކަންބޮޑު ވުމަކީ އެ ސިޓީގައި އާންމުން ބޭނުންކުރާ މަގުތަކުގެ ފެންވަރު ދަށްވުމެވެ.

"ހައްގު މިންވަރު" ހޯދަން ކުރާ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ، އަލީ އިއްޒަތް "އެމްވީ ޓައިމްސް" އަށް މިއަދު ބުނީ، ފުވައްމުލަކުގައި މި ހަރަކާތް ހިންގުމުގެ ބޭނުމަކީ، ސަރުކާރާއި ދެކޮޅަށް ކަންތައްތަކެއް ހިންގުމުގެ ބަަދަލުގައި މައްސަލަތަކަށް ހައްލު ހޯދުންކަމަށެވެ.

އެގޮތުން މިހާރު ސޯޝަލް މީޑިއާގައި ފުވައްމުލަކު ރައްޔިތުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މި ހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލްގެ ދޮރު މައްޗަށްް އެއްވުމަށް ނިންމާފައިވާކަމަށް އޭނާ ހާމަކުރިއެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުން ޖަވާބެއް ދެއްވައި މަގުތައް ހެދޭނެ ދުވަހެއް ވިދާޅުވެ ދެއްވާއިފިނަމަ އެއްވުމަކަށް ނުނިކުންނާނަން. އަޅުގަނޑުމެންނަކީ ސަރުކާރުގެ ގެނައުމަށް ވެސް މަސައަތްކުރި މީހުން، ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގަ ވެސް ފުވައްމުލަކު މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން އޮވޭ. އެހެން ނަމަވެސް ނުވަ މަސް ވާއިރުވެސް މި މަސައްކަތް ކުރަން އެއްވެސް ބަޔަކާ ހަވާލެއްވެސް ނުކުރޭ،" އިއްޒަތް ބުންޏެވެ.

ފުވައްމުލަކަށް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ ބޮޑު ދެ މައްސަލައެކެވެ. އެއީ ރަށް ގުރުމުގެ މައްސަލައާ، މަގުތަކަށް ދިމާވެފައިވާ މައްސަލައެވެ.

ރައްގިރުމުގެ މަސައްކަތް ހައްލުކުރުމަށް ސަރުކަރުން ވަނީ އެ މައްސައްކަތް ޓެންޑާކޮށްފައެވެ. ނަަމެވެސް ފުވައްމުލަކުގެ ރަށުތެރޭ މަގުތަކުގައި ފެން ބޮޑުވާ މައްސަލާއާއި މަގުތައް ހަލާކުވެފައިވާާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް އަދި އެއްވެސް ބަޔަކާ ހަވާލެއް ނުކުރެއެވެ.

ފުވައްމުލަކު ލިންކު ރޯޑުގެ މަސައްކަތް ސަރުކާރުން އަންނީ ކުރަމުންނެވެ. އެ މަސައްކަރް ފައްޓަވައި ދެއްވަންް ފުވައްމުލަކަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެރަށު ރަށުތެރޭގެ މަގުތަކުގެ މައްސަލަ ހައްލުކުރާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ ސްކޫލު ކުދިން ބެނުންކުރާ މަގުތަކާ އާންމުން ހިދުމަތް ހޯދުމަށް ދާ ތަންތަނުގެ މަގުތައް ވެސް ހަލާކުވެފައި އޮތުން،" އިއްޒަތު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަލި

    ފައްކާ ކަމެއް ތީ