ލުތުފީ އަށް ދިން ލާއިންސާނީ އަނިޔާ ޝަރީފް ހާމަ ކުރައްވައިފި

ދިވެހިރާއްޖެއަށް 1988 ވަނަ އަހަރު ޓެރަރިސްޓު ހަމަލާދިން ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ ބަލި މީހެއް ކަމަށާއި އޭނާއަށް ކުރިން ލާއިންސާނީ އަނިޔާ ދީފައި ވާކަން ހާމަ ކުރައްވައި އޭނާއަށް މާފު ދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެދިލައްވައިފިއެވެެ.

ޝަރީފް މިހެން ވިދާޅުވީ ލުތުފީ ރާއްޖެ ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނެ މަޖިލީހަށް މިއަދު ވެއްދި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.

ޝަރީފް ވިދާޅުވީ ރައީސް މައުމޫން ގެ ސަރުކާރާރުން ލުތުފީ އަށް ބޮޑެތި ލާއިންސާނީ އަނިޔާ ތަކެއް ދީފައިވާކަމަށެވެ.

އޭނާގެ އަނގައަށް ބޫޓު ވެއްދިތަން ދުށިން. ލޮލަށް އިނގިލި ހެރިތަން ދުށިން. ދެން ތިބި މީހުންނަށް ހެދި ގޮތާއި، އިދިފުށަށް ބިޑި އަޅުވައި ތަޅަމުން ތަޅަމުން ގެންދިޔަތަން ދުށިން. މިއީ މީހަކު ބުނި ވާހަކައެއް ނޫން، އަޅުގަނޑަކީ ތަހުގީގަށް ސުވާލުކުރަން ގެންދިޔަ މީހެއް" ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ލުތުފީ އާ އެކު ހައްޔަރު ކުރި މީހުން މިހާރު މިނިވަން ވެފައިވާކަމަށެވެ.

"ލުތުފީ އަކީ ބަލި މީހެއް. އޭނާއަށް މާފުދީ. އޭނާ އެކު ބަންދު ކުރި މީހުން މިހާރު އެ ތިބީ މުއދަތު ހަމަވެގެން.,"

ލުތުފީ މިހާރު ހުރީ ލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ފިލައިމްގެން އުޅޭތާ 9 އަހަރު ފަހުން އޭނާ ވަނީ އަމާންދީ އެމްބަސީއާ ހަވާލުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު