ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެވެ.

ފަނޑިޔާރުންގެ އަދަދު އިތުރު ކުރަނީ ހަތް ފަނޑިޔާރުންނަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީއަށް ނިސްބަތްވާ މެމްބަރަކު ހުށަހަޅުއްވާފައިވައި މިވަނީ ސުޕްރީމް ކޯޓާ ރައްޔިތުންގެ މަޖިލީހާ ދެމެދު ސިސީގޮތުންް އަދި ގާނޫނީ ގޮތުން ބޮޑެތި ހިޔާލުތަފާތުުވުންތަކެއް އުފެދިފަވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާ، ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައެވެ. އަދި މަޖިލީހުގެ ފަރާތުން ވަނީ ޖުޝީޝަލް ސާވިސް ކޮމިޝަނަށް ސުޕްްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ވެސް އެދިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ވާންޖެހޭ ތަައްޔާރީތައް މިހާރު ޖޭއެސްސީން އަންނަނީ ވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު