މާމިގިލީ އެއާޕޯޓުގައި ފްލައިޓަށް އަރައި މަންމައެއް އަތުން ކުޑަ ކުއްްޖަކު އަތުލި މީހަކު ހައްޔަރު ކޮށްފި

މާމިގިލީ އެއާޕޯޓުގައި ފްލައިޓަށް އަރައި މަންމައެއް އަތުން ކުޑަކުއްްޖަކު އަތުލި މީހަކު ހައްޔަރު ކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:18 ހާއިރު އެވެ.

"އެއާ ސްލައިޑަރަށް ވަދެވޭ ގޮތަށް ހުންނަ ގޭޓުން ދުވެފައި ގޮސް އެ ފްލައިޓަށް އަރާ މަންމަ އަތުގައި އިން ކުޑަ ކުއްޖާ އަތުލާފައެވެ." އޭވިއޭޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމީހާ ފްލައިޓުން ބާލުވައި ފުލުހުންނާ ހަވާލުކުރީ ސެކުއިރިޓީ އޮފިސަރެވެ.

ވައިގެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ބުރޫއަރާފަދަ އަމަލުތައް ނުހިންމުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ނަމަވެސްް އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން އެމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު