އީޔޫގެ ގައުމުތަކުގަ އިލެކްޓްރިކް އުޅަނދުގަ އަޑުގަދަކުރާ ނިޒާމް ހަރުކުރަން ލާޒިމުކުރާ ގާނޫނު ތަސްދީގުކޮށްފި

އިލެކްޓްރިކް ކާރެއް ޗާޖު ކުރަނީ: ފޮޓޯ އޮމޭގާ

ޔޫރަޕިއަންޔޫނިން، އީޔޫގެ ގައުމުތަކުގައި ކަރަންޓުގެ އެހީގައި ދުއްވާ އުޅަނދުތަކުގެ އަޑު ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާ ގާނޫނު މިއަދު ތަސްދީގު ކޮށްފިއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ކަރަންޓުގެ އެހީގައި ދުއްވާ އުޅަނދުތަކުގައި އަޑު ހުންނަންޖެހޭކަމަށް އެ ގާނޫނުގައި ބުނާ ސަބަބަކީ، "މަގުމަތީގައި ހިނގާފަ އުޅޭ އާނމު ރަޔިތުންނަށް ގިނަފަހަރު އުޅަނދެއް ދުއްވާފަ ދާކަންނޭގޭތީ.ކަރަންޓުގެ އެހީގައި ދުއްވާ ދެ ފުރޮޅާ ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި އާންމުކޮށް ބޭނުން ކުރާ އުޅަނދުތަކުގައި ހުންނަކަހަލަ އަޑެއް ހުނަންޖެހޭނެ" އެވެ.

އިނގިރޭސި ވިލާތުގެ މަގުތަކާ ބެހޭ މިނިސްޓަރް މިޝެއިލް އެލިސް ބުނެފައިވަނީ، މި ކަމުގެ ބޭނުމަކީ ގްރީން ޓްރާންސްޕޯޓްގެ ބޭނުން ހުރިހާ އެންމެނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށެވެ. މި ގާނޫނުގެ ސަބަބުން މަގުތަކުގައި ހިނގާ މީހުން މަގުތަށް ހުރަސްކުރާ އިރު އިތުރު ޔަގީންކަން ލިބިގެން ދާނެކަމަށެވެ.

" ކާރުތަކުގައި އަޑު ގަދަކުރަން (އޭ.ވީ.އޭ.ސް) އެކޯސްޓިކް ވެހިކަލް އެލާޓް ސިސްޓަމް ހުނަންޖެހޭނެކަމަށާ. އުޅަނދު ފަހަތައް ދުއްވާއިރު، އުޅަނދުގެ ސްޕީޑް 19km/h ދައްކޮށް އުޅޭ ނަމަ، އުޅަނދުގެ އަޑު އިވެންޖެހޭނެ"

މިހާރު އޭ.ވީ.އޭ.ސް ހަރުކުރަން ޖެހެނީ ކަރަންޓުން ދުއްވާ އުޅަނދުތަކުގައި އެކަނި ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން ޔޫރަޕުގަ ދުއްވާ ހުރިހާ އުޅަނަދެއްގައި ވެސް އޭ.ވީ.އޭ.ސް. ހުނަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު