ދެއްވަދޫ ކައުންސިލުން ރުއް ތަކެއް ކެނޑި މައްސަލަ ފުލުހުންނާ ގުޅިގެން އީޕީއޭ އިން ތަހުގީގު ކުރަނީ

ދެއްވާދޫގަ ކަނޑާފައި ހުރި ރުއްތައް: ފޮޓޯ ޝޯޝަލް މީޑިއާ

ގއ. ދެއްވަދޫ ކައުންސިލުން ގިނަ އަދަކަށް ރުއްތައް ކެނޑި މައްސަލަ ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ އެސިސްޓަަންޓް ޑިރެކްޓާރ ހަމްދާން ޒުހައިރު މިއަދު "އެމްވީ ޓައިމްސް" އަށް ވިދާޅުވީ ދެއްވަދޫ ކައުންސިލުން ރުއްތަކެއް ކަނޑަކަމުން ގެންދާ ކަމުގެ މައުލޫމާތުު ލިބިފައިވަނީ އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގެ މައުލޫމާތު ލިބުމާއެކު އީޕޭއިން ވަނީ ކައުންސިލަށް އަންގައިގެން އެމަސައްކަތް ހުއްޓުވާފައެވެ. އަދި އެމައްސަލަ ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ މިފަދަ ކަންކަން ކުރާއިރު އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުން. އީޕޭއޭ ފަދަ ތަންތަނުން ނަގަންޖެހޭ ހުއްދައާއެކު ކަކަން ކުރުން،" ހަމްދާން ޒުހައިރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ދެއްވަދޫ ކައުންސިލުން ރުށްތަކެއް ކަނޑަން ފަށާފައިވަނީ، "ބީޗް ރޯޑް" ނަމުގައި އެރަށުގެ ވަށައިގެން މަގެއް ހެދުމުގެ މަސައްކަތްް ކުރުމަށެވެ. މިގޮތުން ހޭޅި ފަށުގައި ހުރި ބައެެއް ރުއް ހުރީ ކަނޑާފައެވެ.

ކަނޑާފައިވަނީ ކިތައް ރުށް ކަމެއް އަދި އީޕީއޭއަށް ސާފެއް ނުވެއެވެ. އީޕީއޭއިން ބުނީ މައްސަލަ ނިންމައި ތަހުގީގީ ރިޕޯޓު ލިބުމުން ކެންޑީ ކިތައް ރުއްކަން ސާފުވާނެކަމަށެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް މައުމޫން އިބްރާހިމް ވިދާޅުވީ، ރަށުތެރެ ސާފުކުރުމަށް ބޭނުންވާ ހުއްދައަށް މިހާރު އީޕީއޭގައި އެދިފައިވާކަމަށެވެ. އަދި މައްސަލައެއް ބަލަމުންް އަންނަކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް އަދި އީޕީއޭއިން ވެސް އަންގާފައި ނުވާކަމަށެވެ.

"ކައުންސިލުން ރަށުގެ ހޭޅި ފަށަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރަން،" މައުމޫން އިބްރާހިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ހިމާޔަތް

  ގަސްގާގެއްސަކީ ހޭޅިފަށް ހިމާޔަތް ކުރުމަށް ކިހާމުހިއްމު ރޯލެއް އޮންނައެއްޗއްކަންވެސް ނޭގޭ މިގަމާރުންނަކަށް

 2. ސައިދު

  ދެއްވަދޫގަ ބީޗްތައް ސާފު ކުރުމުގެ ނަމުގަ ކިތައް ގަސް ކަޑާ ހެދިންތޯ ، ބާއިންޖީންގެޔާ ދިމާލައް އޮއިތް މޫދު ވިނަގަނޑައް ވީ ކިހިނެއްތޯ؟
  އެކަންކަން ކުރީވެސް ކައުންސިލުން ތޯ؟

 3. ހޭޅިހޭޅި

  ރުށްތައް ކަނޑާލާފައި ހޭޅިފަށަށް ގެއްލުންވާ ކަމެއް ނުކުރަމޯ. ބަލަ ކައުންސިލަރަށް އެނގޭބާ ރުއްތައް އެއީ ރަށުގެ ހޭޅިފަށުގެ ކިހާ މުހިންމު ގުދުރަތީ ހިމާޔަތެއްކަން. ނުކިޔަވަމާ ތަންދޮރު ނުދަންނަ މީހުން ތަންތަން ހިންގަން ހަވާލުކުރީމަ ވާގޮތް މިއީ.

  4
  5
  • ޑީވީޑީ

   ކަލޭ ތީ އެންމެ ކިޔަވައިގެން ހުރި މީހާ.. ބުނެބަލަ ކުރިން ރައީސް އަކަށް ހުރި މީހާ ނަގާފަ އެއްލާލީމަ ހަޖަމް ނުވަނީއޭ!! މިހާރުގެ ކައުންސިލްގެ ރައީސްއާ ނައިބްރައީސް ރަށައް ގެއްލުންވާ ކަމެއް ނުކުރާނެ!!! !!!

   1
   1
   • ޑީވީޑީޓޫ

    ބަލަ ހަބަރުގަ ދެއްވަދޫ ކައުންސިލް ނައިބުރައީސް މައުމޫނު ވިދާޅުވެފައިވޭ ރަށުގެ ހޭޅިފަށަށް ގެއްލުންވާ ކަމެއް ނުކުރަމޭ. ފޮޓޯތަކުން ފެންނަނީ ރުށްތައް އުފުރާ ކަނޑާފައި ހުރިތަން.