ގަވާއިދު ހަރުދަނާކޮށް، ކޯޓާ ހޯދުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަނީ

ފޮޓޯ މިހާރު

ލޭބަރުން ރާއްޖެ ގެނައުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި އެކަން ގާނޫނަށް އިސްލާހު ގެންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ގަވާއިދަށް ގެނެވޭ އިސްލާހުގެ ސަބަބުން، ސައިޓުތައް އިކޮނޮމިކް މިނިސްޓްރީން އިނިސްޕެކްޓު ކުރުމުގެ ބަދަލުގައި، އެ ރަށެއްގެ ކައުންސިލުން އިިސްޕެކްޓު ކުރުމަށްފަހު ކޯޓާއަށް އެދި ހުށަހަޅާގޮތަށް ނިންމަަވާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

މިނިސްޓާރ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ފެއްތުމަށް އަންނަ މަހު ޕްރޮގްރާމެއް ފަށާނެއެވެ. އެ ގޮތުން ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިން ނަގާ 65000 ރުފިޔާގެ ފީ ނެގުން ހުއްޓާލާނެކަމަށް ވެސް މިނިސްޓާރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މީގެން ފައިސާ ތަކެއް ދައުލަތައް ހޯދުމެއް ނޫން. ގަވާއިދުގެ ތެރެއިން އުޅޭ ބަޔަކަށް ހެދުން،"

ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް އޮންލައިން ޕޯޓަލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިިނިސްޓާރ ހާމަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ގުޅީފަޅުގައި 1000 މީހުންގެ ޑިޓެންޝަން ސެންޓަރެއް އެޅުމަށް ވަރަށް އަވަހަށް ޓެންޑާރ ކުރައްވާނެކަމަށެވެ.

"ބިދޭސީންގެ މައްސައަކީ 25 އަހަރުވީ ދިގު މައްސަލައެއް،" އިކޮނޮމިކް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާ ފައްޔާޒް ވިދާޅުުވީ ބިދޭސީން އެއްގައުމަކުން މާގިނައިން ރާއްޖެއަށް އަންނަ ޝަކުވާ ލިބޭތީ، ކޮންމެ ގައުމަކުންވެސް މީހުން ގެނެވޭނެ ވަކި މިންވަރެއް ކަނޑައަޅާނެކަމަށެވެ.

އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، އެމީހުން ދިރިއުޅޭ ތަންތަނުގެ ފެންވަރު ހުންނަންޖެހޭނެ މިންގަނޑުތަކެއް ކަނޑައަޅައި އެކަންވެސް ގާނޫނުގެ ތެރެއަށް ވައްދާނެކަމަށްކަމަށް މިނިސްޓާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު