ޝައިމްގެ ގެއްލުން މައްސަލަ ތަހުގީގަށް ބޭއްވި އެޗްއާރު ކޮމެޓީގެ ބައްދަލުވުން ސިއްރު ކޮށްފި

ގެއްލިފައިވާ ޝައިމްގެ މައްސަލަ ތަހުގީގަށް ބޭއްވި ހިއުމަން ރައިޓްސް ކޮމެޓީ ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ކޮމެޓީން ސުވާލުކުރުމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވެސް ވަނީ ހާޒިރު ކޮށްފައެވެ.

ޝައިމް އަބްދުﷲ, 14 ގެއްލިގެން ހޯދާތާ ދެ ހަފްތާ ވަނީއެވެ.

މި ކޮމެޓީ ބައްދަލުވުން ސިއްރު ކުރީ ޝައިމް އަކީ ކުޑަކުއްޖަކަށް ވާތީ ކޮމެޓީގެ އިއްތިފާގުންނެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޝައިމް، 14 އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ.

ޝައިމްއާ ގުޅޭ "ސެންސިޓިވް" މައުލޫމާތު ސިދާތާ ހާމަކުރެއްވިކަމަށް ބުނެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ނޫސްްވެރިންގެ ބައްލަދަލުވުމުގަ މިނިސްޓާރ ސިދާތާ ވިދާޅުވެފައިވަނީ ޝައިމް ފިލާގެން ދިޔައީ ކުޑަކުދިން ހިޔާ ބަލަހައްޓަން ތިބި މީހުންްނަަށް އޮޅުވާލައިގެން ދަންވަރު ކަމަށެވެ. އެނާ ފިލިރޭ ނިދާފައި އޮތީ މުޅި ގައިގައި ބެޑިޝީޓު އަޅައިގެން ކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

ޝައިމް ފިލިކަމަށް ބެލެވެނީ އެކުއްޖާ ނިދާ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރަކުން ޖެހިގެން ހުރި އިމާރަތުގެ ފުރާޅަށްް ފުންމާލައިގެންކަމަށް ބެލެވޭކަމަށް މިނިސްޓާ ހާމަކުރެއްވިއެވެ.

ޝައިމްގެ މައްސަލަ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓްރީއަށް ހުަށަހަޅާފައިވަނީ 2009 ވަނަ އަަަހަރުއެވެ.

އޭގެ ފަހުން "ދަރުމައަށް ކުދިން ބަލައިދޭ އުސޫލު" ގެ ދަށުން މީހަކާ އެކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރިއެވެ.

ނަމަވެސް އެ މީހާވެސް ނުބެލެހެއްޓިގެން އަލުން އަނބުރާ ޖެންޑާ މިނިސްޓްރީއާ ހަވާލުކުރީއެވެ.

މީގެ ކުރިންވެެސް ޝައިމް ފިލައިގެން ހޯދައިފައިވެސް ވެއެވެ.

ޝައިމް ގެއްލިގެން ހޯދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެނާ ހޯދުމަށް ފުލުހުން ވަނީ ތިން ގެއެއްވެސް ބަލާ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު