އޮއެވާލިި ކަނދުފައްޗެއްގައި ތާށިވެފައި އޮތް ވެލައެއް މަސްވެރިން ސަލާމަތްކޮށްފި

ކަނދު ފައްޗެއްގައި ތާށިވެފައި އޮތް ވެލައެއް ގެމަނަފުށީ މަސްވެރިން ސަލާމަތްކުރުމަށްފަހު އަލުން މޫދަށް ދޫކޮށްލައިފިއެވެ.

ވެލާ މިނިވަންކުރުމުގައި ހަރަކާތްތެރިވި ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ގެމަނަފުށީ މަސްވެރިއެއް ކަމަށްވާ، ހަސަން ސާޖިންް މިއަދު "އެމްވީ ޓައިމްސް" އަށްް ބުނީ، ވެލާ ފެނުނީ މަހަށް ނުކުމެ އުޅެނިކޮށް، ގއ. ގެމަނަފުށީ ކަައިރީގައި އަޅާާފައި އޮއިވާލި ކަނދުފައްޗެއްގައި ތާށިވެފައިވަނިކޮށްކަމަށެވެ.

ކަނދުފަތީގައި ތާށިވެގައި އޮއްވާ ދޫކޮށްލި ވެލައަކީ "މީޑިއަމް ސައިޒް" ގެ ވެލައެއްކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުން ކުރާ ކަންތައްތަކުގެ ސަބަބުން ވެސް ވެލާ ފަދަ ތަކެތި ދައުތަކުގަ ޖެހިފަހުރޭ. އެހެން ފެނިއްޖެއްޔާ ދިވެހި މަސްވެރިން އެތަކެތި ދޫކޮށްލާނެ. ބައެއް ފަހަރު ފަސް ވެލާ ވެސް އޮވެ ދާނެ އެގޮތަށް ހައްޔަރުވެފަ. މަސްވެރިން އެތަކެތި ދޫކޮށްލާނެ. ދިވެހި މަސްވެރިންނަކީ ވަރަށް ކެއަރިން ބައެއް" ސާޖިން ބުންޏެވެ.

މި ވެލާ މިނިވަން ކޮށްފައިވަނީ މީގެ މަހެއެްހާ ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު