"ފަނޑިޔާރުން ތަށި ދޮންނަން ތިބޭކަށް ނޭދެން"

މަޖިލީހުގެ ރައީސް – ރައީސް މުޙައްމަދު ނަޝީދު

ފަނޑިޔާރުންގެ ބޭފުޅަކު ގޮސް ތަށި ދޮންނަށް ހުންނަން ނޭދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޖޭއެސްސީން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އެހެންކަމުން ޖުޑީޝަލް އެޑް މިނިސްޓްރޭޝަން ހިންގުމަކީ ފަނޑިޔާރުންގެ މަސްއޫލިއްތަކަށް އޮތް އޮތުން ބަދަލު ކުރަންއެދޭކަމަށެވެ.

ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ މެމްބަރެކެވެ.

" އަޅުގަނޑުމެން ނޭދެން ފަނޑިޔާރުންގެ ބޭފުޅަކު ގޮސް ތަށި ދޮންނަން ހުންނާކަމަށް. ނުވަތަ ފަނޑިޔާރުގެ ގޭގެ ބޮކިތައް ދިއްލޭތޯ ބައްލަވަން ހުންނާކަށް. ނުވަތަ މަތި ވަޑާންގަނޑުން ލީކުވޭތޯ ބައްލަވަން ހުންނަވާކަށް. އަޅުގަނޑު މިދަންނަވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކކަތަކީ ފަނޑިޔާރުންނާ ގުޅޭ މައްްސަލައެއް ނޫނޭ. ޖުޑީޝަލް އެޑް މިނިސްޓްރޭޝަން ހިންގުމުގެ ބުރަ ފަނޑިޔާރުންނަށް އޮވެގެން ނުވާނެ. އެ ބޭފުޅުންނާ ފަނޑިޔާރުންނާ އެހާ ގާތް ވުމަކީ ބުއްދިވެރިކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގަންޖެހޭނީ އީދާރީ ކަންކަންކަމަށެވެ.

"ޖޭއެސްސީގެ ދެވަނަ މަސައްކަތަކަށް ވާންޖެހޭނެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތަައް ހައްލުކޮށް ހަމަމަގަށް އެޅުވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މިހާރު ހިންގަމުން ގެންދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލައުމުން އަންނަނިކޮށް އެނާ ވަނީ ރޭގެ ވަގުތެއްތައި ފިލާފައެވެ.

ފުރައިގެން ދަމުން ޖޭއެސްސީ އަށް އެންގިކަމަށް، އަބްދުﷲ ދީދީގެ ސަޕޯޓަރުންް ބުނި ނަމަވެސް، އެކަން އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ. އަދި ފުލުހުން ވެސް މިކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ. ޖޭއެސްސީއަށް އަންގާފައި އޮތް ނަމަވެސް ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާ ފަނޑިޔާރަކު ރާއްޖެއިން ބޭރަށް މި ދަނޑިވަޅުގައި ފުރާއިގެން ދިއުމަކީ ސުވާލު އުފެދޭކަމެވެ.

އަބްދުﷲ ދީދީ އަކީ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުވާލި މީހަކު ދޫކޮށްލުމުގައި އެހީތެރިވި ކަމުގެ ތުހުމަތުވެސް ކުރެވޭ މީހެކެވެ.

މީގެ ދުވަސްތަކެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އުއްތަމަ ފަނޑިޔާރާ ވެސް މަޖިލީހުގައި ބައްދަލު ކުރައްވާފައެވެ.

ރައީސް ނަޝީދުވެ ވެރިކަމުގައި ފިލި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ޓެރަރިސްޓު ހަމަލާގައި ހިމެނޭ ހާޖަރާގޭ ލުތުފީވެސް އަދިވެސް ނުގެނެއެވެ. އޭނާ ވެސް ވަނީ "ބޭސް ފަރުވާއަސް" ކަމަށް ބުނެ ފިލައިގެން ގޮސް ސްރީލަންކާގައި 9 ވަރަކަށް އަހަރު ދިރިއުޅެފައެވެ. މިހާރި އޭނާ ހުރީ ލަންކާގައި ހުންނަ ދިވެހި އެންބަސީއަށް ހާޒިރުވުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ސްރީލަންކާގައެވެ. އޭނާ ރައްޖެ ނުގެނެވިގެން އުޅެނީ ލަންކާއިން ދެން ޖެހޭ ލިޔެކިއުންތައް ހަމަނުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު