"ލާމަރުކަޒީ ކޮށް ސިފައިންގެ ހިދުމަތް ދިނުމަށް އޮތް ގޮންޖެހުމަކީ, އުޅަނދުގެ ދަތިކަން "

ލާމަރުކަޒީ ކޮށް ސިފައިންގެ ހިދުމަތް ދިނުމަށް އޮތް ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތައް ފަށާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ހާމަކުރައްވައިފިއވެ.

މިހާރު މިއޮތް އެންމެ ބޮޑު ޝެލެންޖަކީ ރާއްޖޭގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގާއިރު އެ ހިސާބަކުން ސިފައިންް ނުކުމެ ހާލުގައި ޖެހިފައިވާ މީހުންނަށްް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހުރި ދަތިތައް ކަމަށެވެ.

"އަޅުގަނޑުމެންގެ އުޅަނދު ފަހަރުގެ ދަތިކަން އެބަހުރި. އުޅަނދުފަހަރު މެއިންޓެންކޮށް ބެލެހެއްޓެިއިންކޮށް ސާވިސްކޮށް ބެލެހެއްޓުމާ އެކަންކަމުން ކުރިއަރައިގެން ދެވޭނީ ކިހިނެއްތޯ މި ހިދުމަތް އެންމެ ފުރިހަމަ ގޮތުގަ ދެވޭނީ ބެލުން ކޯސްޓު ގާޑުގެ މަގުސަދަކަށް ވެގެން މިދަނީ،" އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިހާރު ސިފައިން އިސްކަންދެނީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ސިފައިންގެ މުއައްސަސާތައް ކުރިއަސް ނެރިގެން ސިފައިންގެ ހިދުމަަން ފޯރުކޮށްދިނުމަށްކަމަށެވެ.

"ރާއްޖެއަކީ އާމާން އޮމާންތަނަކަށް ހެދުމަށްޓަކާ އަޅުގަނޑުމެންގެ ފަރާތުން ކުރައްނޖެހޭ ކަންތައްތައް އިސްނަގައިނެގް މި ކުރިއަށް ގެންދަނީ މިހެންކަމުން ގައިމީ ހިދުމަތްތައް ދޭ ސާވިސްތައް ކުރިއަށް ނެރި އޭގެން ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން ވިސްނަނީ. އޭގެ ތެރޭގަ ކޯސްޓުގާޑާ މޭރީން ކޯއާ ފަޔާ ސާވިސް އަކީ މުޅި ގައުމީ ދިފާއީ ބާރުގެ މައިގަނޑު ކޯތަކެއްގެ ސިފައިގަ ކުރިއަށް ނެރެ ކިހިނެއްތޯ ހަރަކާތްތެރިވާނީ، މިއީ މިހާރު އަޅުގަނޑުމެންގެ އިސްތިރާޖީ އަމާޒު ހިފިފައިވާގޮތަކީ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ދިވެހިރާއްޖޭގެ އަސްކަރީކަންކަން ކުރިން އޮތީ ވަރަށް ބޮޑަށް މާލެއިން "ފުރައިގެން ގޮސް ކަންކަން ހައްލުކުރާ" އުސޫލަށް ކަމަށެވެ. ނަމަވެސް މިހާރު ސިފައިންގެ އަމާޒަކީ ރާއްޖޭގެ ރައްްޔިތުންނަށް އެ ސަރަހައްދަކުން އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު