ސާޅީސް އަށް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ސަރުކާރުން ފަށަނީ

ސާޅީީސް އަށް ފުޓު ބޯޅަ ދަނޑު ތަރައްގީ ކުރަން ނިންމާފައިވާކަމަށް ސަރުކާރުން މި ހިނގާ މަހު އިއުލާނުކޮށްފިއެވެ.

މީގެ ތެރެއިން ތަރައްގީ ކުރުމަށް ނިންމާފައިވާ 14 ރަށެއްގެ މައުލޫމާތު ރޭ މަހުލޫފް ވަނީ އިއުލާނު ކުރައްވާފައެވެ.

ފުޓުބޯޅަ ދަނޑު ތަރައްގީ ކުރާކަމަށް ސަރުކާރުން އިއުލާނުކުރި 14ރަށް:

މިލަންދޫ، މާކުރަތު، ވެލިދޫ، ތިމަރަފުށި، އިހަވަންދޫ، ހަނިމާދޫ، ކުޑަހުވަދޫ، މާފުށި، ކުޑަފަރީ، ފުނަދޫ، ނޮޅިވަރަމް، ފޯކައިދޫ، ރަސްދޫ އަދި ދިއްގަރު

ޓާފް އެޅުމަށް ނިންމާފައިވާ 13ރަށް:

އަލިފުށި، ނިލަންދޫ، އައްޑޫ ސިޓީގެ ފޭދޫ، ފުވައްމުލައް ސިޓީ، ތިނަދޫ، ގަން، ހިއްނަވަރު، ހޮޅުދޫ، ދިއްދޫ، ވިލިގިލި، މާމިގިލި، ނެއްލައިދޫ އަދި ކެނދިކުޅުދޫ

މީގެ އިތުރުން ވެސް 11 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށް މިނިސްޓަރ މަހުލޫފް ވަނީ މިމަހު ވިދާޅުވެފައެވެ

އަދި 10 ރަށެއްގައި ފީފާ ފެންވަރުގެ ޓާރފް ދަނޑު އެޅުމަށް ވެސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު