ބާ ކައުންސިލް ގެ އިންތިހާބަށް ތައްޔާރީތައް ފަށައިފިން: އީސީ

އީސީގެ މެމްބަރުން: ފޮޓޯ ސަން

ބާ ކައުންސިލް އާ ގުޅޭ މަސައްކަތައް އިލެކްޝަންސް ކޮމިޝަން، އީސީ އިން ފަށައިފިއިއެވެ.

އިލެކްޝަންްސް ކޮމިޝަނުން ބުނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ އިންތިހާބަށް ބޭނުންވާ މަސައްކަތައްތައް ފަށާފައިވާކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގޮތުން ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުން ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެމްބަރުގެ މަގާމު ގެއްލޭނެއެވެ. އެހެން ކަމުން ކުރިން ގާނޫނީ ވަކީލުންގެ ފަރާތުން އައްޔަނުކުރާ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުރި ލަތީފާ ގާސިމްގެ މަގާމު މިއަދު ވަނީ ގެއްލިފައެވެ.

ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރެވޭތާ 15 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު