އަލިފް ދާލުން ބާރުދޭ  ލީބިއާގެ ސަރުކާރުން  ޓްރޮޕޮލީގެ އަވަށެއް އަލުން ހިފައިފި

އަލިފްދާލުން ބާރުދޭ އަދި އެ ޖަމާއަތުން ބަލައިގަންނަ ލީބިއާގެ ސަރުކާރުން ޓްރޮޕޮލީގެ ދެކުނުގެ އޮންނަ އަވަށް ކަމައްވާ ގަރްޔަން އަނބުރާ އަތުލާގެންފިއެވެ.

ލީބިޔާގެ ގައުމީ ސިފައިން (އެލްއެންއޭ) ގެ ކޮމާންޑާ ޙަލީފާ ހިފްތާގެ ބާރުގެ ދަށަށް މިއަހަރު އެޕްރީލް މަހުގައި ގެނެސްފައިވާ  ޓްރޮޕޮލީގެ އަވަށެއް ކަމަށްވާ ގަރްޔަން ވަނީ އިއްޔެގެ ވަގުތެއްގައި އަތުލާގަނެފައެވެ. އަދި އަލިފްދާލުން ބާރުދޭ ލީބިއާގެ ސަރުކާރުން ވަނީ އެކަން އިއުލާން ކޮއްފައެވެ.

މި އަވަށަކީ ކޮމާންޑާ ހިފްތާގެ ފައުޖުތަކަށް ހަތިޔާރުގެ އެހީއާއި އެހެނިހެން ގޮތުން އެހީ ފޯރުކޮއްދޭ އަވަށެއްކަމަށް ބެލެވެއެވެ. އެ އަވަށް ހިފާފައިވަނީ އިއްޔެ ހެދުނުގެ ވަގުތެއްގައި ވައިގެ ހަމަލާތަކެއް ދީގެންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލިފްދާލުން ބާރުދޭ ލީބިއާގެ ސަރުކާރުން ބުނެފައިވާގޮތުގައި މި އޮޕްރޭޝަން ނިމުމަކަށް ގެއްނާނީ ލީބިއާގެ ގައުމީ ސިފައިން ހިފާފައިވާ ހުރިހާ ބިންތަކެއް މިނިވަންކުރުމަށް ފަހުގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު