ލިޔެކިޔުންތައް ހަމަނުވާތީ ފުލުހުން ބުނި ދުވަހަށް ލުތުފީއެއް ނުގެނެވުނު

"ނޮވެމްބަރު 3" ގެ އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި، ހ. ހާޖާރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ބޭނުންވާ ލިޔެކިތުންްތައް އަދިވެސް ހަމަނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު ފުލުހުން ބުނީ 48 ގަޑީރު ތެރޭގައި ލުތުފީ މާލެ ގެންނާނެ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް، ލަންކާގެ ސަރުކާރުން ލިބެންވާ ލިޔެކިޔުންތައް ހަމަނުވާތީ ލުތުފީ އަދިވެސް ނުގެނެވެ އެވެ.

ލަންކާގައި ހުންނަ ކޮލަމްބޯ އެމްބަސީ އަށް ލުތުފީ ހާޒިރު ވެފައިވަނީ މޭމަހުގެ 1 ވަނަ ދުވަހުއެވެ. އޭރުންސުރެ ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ލުތުފީ ދިވެހި ސަރުކާރަށް ފިލައިގެން ލަންކާގައި ދިރިއުޅުނީ އދ. ގެ ޖަމިއްޔާއެއްގެ ހިމާޔަތް ހޯދައިގެންނެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި 1988 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލަގައި އެތައް ދިވެހިންނެއް ޝަހީދު ވިއެވެ.

ލުތުފީ މަރަން ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް، އޭނަގެ އަބަދު ލުއިކޮށްދެވާ ރައީސް މައުމޫން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު