ޖޭއެސްސީއަށް އަބްދުﷲ ދީދީ ޖަވާބުދާރީވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ އެ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމް: ފޮޓޯ ވޮއިސް

ގިނަ ސީރިއަސް ތުހުމަތު ތަކެއްގައި ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ހުޅުވާލައިގެން ދަރުބާރު ގޭގައި ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގުގައި އަބްދުﷲ ދީދީގެ ފަރަތުން ޖަވާބު ދާރީވާން ދިން ފަސް ދުވަހުގެ ފުރުސަތުގެ ތެރޭގައި އެނާ ޖޭއެސްްސީއަށް ލިޔުމުން ޖަވާބުދާރީވެއްޖެއެވެ.

ޖޭއެސްސީން ދަރުބާރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބެއްވި ތަހުގީގީ އަޑުއެހުމުގައި އަބްދުﷲ ދީދީއަށް ލިޔުމުން ޖަބާބުދާރީވާން ފުރުސަތު ދިނީ އެނާގެ ގާނޫނީ
ޓީމުން އެކަމަށް ޖަވާބުދާރީ ވާން ދެ ދުވަސް ދޭން އެދުމުންނެވެ. ދެ ދުވަސް ދޭން އެދުނު ނަމަވެސް ޖަވާބު ދާރީވާން ވަނީ ފަސް ދުވަސް ދީފައެެވެ.

ޖޭއެސްސީން އަބްދުﷲ ދީދީގެ މައްސަލަ ބެލުމަށް އުފެއްދި ކޮެމެޓީއަށް ދީދީގެ ގާނޫނީ ވަކީލުންގެ ޓީމުން އެ ދުވަހު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ކުރަމުން އަންނަ ތަހުގީގަށް އެއްބާރުލުން ނުދިމުގެ ގޮތުން ކުރާ ސުވާލުގެ ޖަވާބުގެ ބަދަލުގައި އެހެން ވާހަކަތަކެއް ދައްކާފައެވެ.

މި ތަހުގީގަކީ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެގެން ގެންދާ އިދާރީ ތަހުގީގެއް ކަމަށް ޖޭއެސްސީން ވަނީ އެދުވަހު ހާމަކޮށްފައެވެ.

ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން މަގާމު ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދުންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން އަބްދުﷲ ދީދީގެ އަންބިކަބަލުންގެ މެލޭޝިއާ އެކަައުންޓަކަށް އެއް މިލިއަން ޑޮލަރު ވަދެފައިވާތީ އެ މައްސަލަވެސް ޖޭއެސްސީން އަންނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން ރިލްވާން ގެއްލުވާލުމުގައި ހިމެނޭ މީހަކު ދޫކޮށްލިކަމުގެ ތުހުމަތުވެސް އެ ތަހުގީގުގައި ޖޭއްސީން އުފުލިއެވެ.

ކިޔުންތެރިންގެ ހިޔާލު