އޮޕޯ އިން އައިފޯނާއި ސެމްސަންގް އަށް ގޮންޖަހާލާ ފެންވަރުގެ ފޯނެއް ތައާރަފްކޮށްފި

ޝެންހާއީގައި މިމަހު ކުރީ ކޮޅުގައި ބޭއްވި މޯބައިލޮ ވޯލްޑް ކޮންގްރެސް (MWC) ފެއާގައި އޮޕޯ އިން ވަނީ އެމީހުންގެ އާ ފޯނުގެ ހާއްސަ ފީޗާތައް ދައްކާލަފައެވެ.

މި ފޯނުގެ ހާއްސަ ކަމަކީ މި ފޯނުގެ ފްރޮންޓް ކެމެރާގައި ބޭނުން ކޮށްފައިވާ އާ ޓެކްނޮލޮޖީއެވެ. އެ ކެމެރާ އިންނަނީ ސްކްރީންގެ ދަށުގައި ލޮލައް ނުފެއްނަ ގޮތައް ފޮރުވިފާއެވެ. މިހެންކަމުން މުޅި ސްކްރީންގެ ބޭނުން ހިފޭނެއެވެ.

މި ފޯނުގެ ކެމެރާ އުފެއްދުމުގައި ބޭނުން ކޮއްފިވަނީ ހާއްސަ ޓްރާންސްޕޭރެންޓް ސްކްރީނެކާއި އަލައް ފަރުމާ ކޮއްފައިވާ ޕިކްސެލް ސްޓްރަކްޗާއެކެވެ.

USC( އަންޑާ ސްކްރީން ކެމެރާ) މި ޓެކްނޮލަޖީ އާއެކު އޯޕޯ އިން ވަނީ އައި ފޯން އަދި ސެމްސަންގް ފަހަތައްޖައްސާ ބޮޑު ކުރި އެރުމެއް ހޯދާފައެވެ.

މި ފޯނު އަދި މާކެޓްއައް ނެރޭނެ ތާރީހެއް އޮޕޯއިން ހާމައެއް ނުކުރެއެވެ.

"އޮޕޯގެ އުއްމީދަކީ ފޯނު ބޭނުން ކުރާ ފަރާތަކައް ފޯނުގެ މުޅި ސްކްރީން ބޭނުން ކުރެވޭ ގޮތައް USC ޓެކްނޮލަޖީގެ އެހީގައި ތަފާތު ޕްރޮޑަކްޓެއް ކަސްޓަމަރުންނަށް ގެނެސްދިނުން،" މި ފެއާ ގައި ވާހަކަ ދައްކަމުން އޮޕޯގެ ޕްރޮޑަކްޝަން މެނޭޖާ ޝިއާއޯ ޖިއަޑަން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު