އަންހެން ކުއްޖެއްގެ ފުރަގަސް ފަރާތުގައި ފޮރުވައިގެން މޯބައިލް ފޯނަކާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ޖަލަށް ވައްދަން އުޅެފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 28 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ އަންހެން ކުއްޖާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު އޭނާގެ ފުރަގަސް ފަރާތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ފެނިފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ.

 އަންހެން ކުއްޖާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ޖޫން 26 ވަނަ ދުވަހު މެންދުރު 03:10 ހާއިރު މާފުށި ޖަލުން ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ގަނޑިޔާ!!!

    ކޮން މޮޑެލް އެއްގެ ފޯނެއް އަނެއްކާ؟؟؟ 😄

  2. ކަތީބު

    ކަލޭމެން ކުދިންގެ ޓެގް ތިއަޅުވަނީ ކޮންގޮތަކަށް ބިލާފައިތަ! 28 އަހަރު ވީމަ ވެސް ކުއްޖެއްތަ؟ 65 އަހަރު ވީމަ ވެސް ވަނީ ކުއްޖަކަށް ދޯ

    12
    2