މާލޭ މިސްކިތަކަށް މީހަކު ވަދެ ނަމާދަށް ތިބި މީހުންނަށް ހަމަލާދޭން އުޅެފި

މިރޭ މަގްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ 'މަސްޖިދް އަލް އިސްކަންދަރު' އަށްް ބޭރު އަންހެނެއް ވަދެ އެތަނުގައި ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.

އެމީހާ އަމީރު އަހުމަދު މަގުން ހުޅަނގުން އިރަށް ދުވެފައި އައިސް އެ މިސްކިިތައް ވަންނަމުން މުސްލިމުންނާ މުހާތަބުކޮށް ހުތުރު ބަސްތައް ރައްދު ކުރަމުން ދިޔަކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.

އެމްވީ ޓައިމްގެ ނޫސްވެރިންނަށް އެ ސަރަހައްދަށް ދެވުނުއިރު، ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ މިސްކިތުން ނެރިގެން ގެންދަނީއެވެ.

"ފކނ މުސްލިމްއޭ ކިޔާފަ ދުވެފަ އައީ މިސްކިތާ ދިމާލަށް. އޭނަ ކައިރީ ހުރި ފިރިހެން މީހާވެސް އުޅުނު އޭނާ ހުއްޓުވަން،" މަންޒަރު ދުއް މީހަކު މިސްކިތް ކައިރީގައި ހުރުގެން ބުންޏެވެ.

މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މިސްކިތައް ވަންނަން އުޅުނީ "ސިކުނޑި ހަމަނުޖހޭ މީހެއް" ކަމަށެވެ.

" އޭޑީކޭ އަށް ފަރުވާ ދިނުމަށް ގެންދެވުުނު ސިކުނޑީ ހަމަނުޖެހޭ މީހަކު އޭނަގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ އެތަނުން ނުކުމެގެން ގޮސްފައިވޭ. އެހެން އުޅުމުގެ ތެރޭގައި މިރޭ 19:08 ހާއިރު ސޯސަންމަގާ އަމީރު އަހުމަދު މަގު ގުޅުނު ސަރަހައްދުން ފުލުހުންގެ ބީޓްއަކާ ދިމާވުމުން އޭނާ އަނބުރާ އޭޑީކޭ އަށް ގެންދިޔުމުގައި އެހީތެރިކަމަށް އެދިފައިވޭ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ވެހިކަލް ވަނީ އަނބުރާ ހޮސްޕިޓަ އަށް ގެންދެވިފަ"

"ފުލުހުން އެމީހާ ބަލަހައްޓާ މީހުންނަށް އެހީތެރިވެދިނީ. އެއީ ބޯހަމަ ނުޖެހޭ މީހެއް،" ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވިއެވެ.

އެމީހާ މިސްކިތައް ވަންނަން މަަސައްކަތް ކުރި ވަގުތުތަކީ މިސްކިތުގައި މަގްރިބް ނަމާދު ކުރަން މީހުން ތިބި ވަގުތެކެވެ.

ކިޔުންތެރިންގެ ހިޔާލު

 1. އަލިބެ

  ކަންތަކާޖެހުނީ އެޖެންޑާ19 އަމަލީގޮތުން އިފްތިތާހް ކުރުން ވަލުދޮރާށިން ފެށުނީ

  1
  3
 2. ޢަދުނާނު

  ޢޭ.ޑީ.ކޭ އަށް ފަރުވާ ކުރަންބާ،؟ނުވަތަ، އެމީހާއަށް ފަރުވާކުރަންބާ، ގެންދިޔައޭ؟

 3. ބޮޑުމީހާ

  އަޖައިބެއް. ބޯ ހަމަނުޖެހޭ އެންމެން މިސްކިތަށްތަ ހަމަލާދެނީ.

 4. ީިަަައިބޫ

  ޢެޖެންޑާ 19 ތަފާތުވާނެ

  16
  6
 5. ދޮންވީމަ

  ދޮންވެފަ އަންހެނަކަށް ވީމަ ބޯހަމަ ނުޖެހުނީ؟

  18
  1
  • ބްރައުން

   ދޮން އަންހެނުންނަކީ އެއްގޮތަކަށްވެސް ބޯ ހަމަޖެހޭ ބައެއް ނޫން.

 6. ވެލެޒިނީ ކަހަލަ ބޯހަމަނުޖެހޭ ކުއްޖެއް ދޮގެއްތޯ.

  23
  1
 7. ލެޖެންޑް

  ކަލޯގަޔާ

  5
  1